ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާސްކް ނޭޅުމާއި، މަނާގަޑީގައި ބޭރުގައި އުޅެގެން 4700 އަށްވުރެ ގިނަ މީހުން ވަނީ ޖޫރިމަނާކޮށްފައި

ފުލުހުންގެ މަގުމަތީގައި ޓްރެފިކް ބަލަހައްޓަނީ: ފޮޓޯ ޕޮލުސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާސްކް ނޭޅުމާއި، ކާފިއު ގަޑިތަކުގައި މަގުމަތީގައި އުޅެގެން 4700 އަށްވުރެ ގިނަ މީހުން ޖޫރިމަނާކޮށްފައި ވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އެޗް.އީ.އޯ.ސީން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަދި ހެޑް އޮފް މާލޭ ސިޓީ ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވީ، ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން އެޗް.ޕީ.އޭއިން އަންގާފައިވާ އެންގުންތަކާ ޚިލާފުވާ މީހުންގެ ޢަދަދު އިތުރުވާން ފަށާފައިވާކަމަށެވެ.

އެގޮތުން ކާފިއު ގަޑިތަކުގައި މަގުމަތީގައި އުޅޭ ދިވެހިންނާއި ބިދޭސީންގެ އަދަދުވެސް އިތުރުވެފައިވާކަމަށާއި، އެ ގަޑިތަކުގައި ވެހިކަލް ދުއްވާ ނިސްބަތްވެސް އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

އެގޮތުން މަގުމައްޗަށް މާސްކް ނާޅާ ނުކުތް 3877 މީހަކަށް ނަސޭޙަތްދީފައިވާއިރު، މާސްކް ނާޅާ ނުކުތް 1798 މީހަކު މިހާތަނަށް ޖޫރިމަނާކޮށްފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

އަދި މަގުމައްޗަށް ނުކުމެ އުޅުން މަނާ ވަގުތުގައި ނުކުތް 4833 މީހަކަށް ނަސޭޙަތްދީ، 2195 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. ހަމައެހެންމެ ވެހިކަލް ދުއްވުން މަނާ ގަޑީގައި، ވެހިކަލުގައި ބޭރުގައި އުޅުނު 4321 މީހަކަށް ނަޞޭޙަތްދީ 781 މީހަކު ޖޫރިމަނާކޮށްފައިވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: