ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑާއި ގުޅިގެން ޙާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން!

މާލޭގައި ހާލުގައި ޖެހި މަގުމަތިވެފައިވާ މީހުންނަށް އެހީތެެރިކަން ފޯރުކޮށްދިނުން!
ޝެއާރކޮށްލާ ކަހަލަދޯ؟

ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހާއިން އެންމެ އަޑުހަރުކޮށް ދެކެވެމުން ދިޔަ އެއް ވާހައަކީ ގިނަ ބައެއްގެ ވަޒީފާ ގެއްލުނު ވާހަކައާއި ވަޒީފާ އަދާކުރަމުންދާ ގިނަ ބައެއްގެ މުސާރައިން ބޮޑު ބައެއް އުނިކުރި ވާހަކައާއި ގިނަ ބަޔަކު ބޯހިޔާކޮށްލާނެ ތަނެއް ނުލިބި މަގުމަތިވި ކަމުގެ ވާހަކައެވެ.

މިދެންނެވި މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުގެ ކަމާއި ގުޅުން ހުރި އެކިއެކި މުއައްސަސާތަކުން އެކި ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން އެއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. އެހެން ނަމަވެސް ވަޒީފާ ގެއްލުނު ފަރާތްތަކަށް އިނާޔަތް ދިނުމާއި ކޮވިޑުގެ ސަބަބުން އެކިގޮތަށް އެކި އަސަރު ކޮށްފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި ހަމަހަމަ އުސޫލެއް ނުގެން ގުޅޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދިޔައީ ބޮޑެތި ތުހުމަތުތައް ސަރުކާރަށް ކުރަމުންނެވެ. އެހެން ކަމުން ކޮވިޑާއި ގުޅިގެން ހަމަހަމަ އުސޫލެއްގެ ދަށުން އެހީތެރިކަމް ފޯރުކޮށްދިނުމަށް ސަރުކާރުން މިހާރު ވަނީ ގާނޫނީ އޮނިގަނޑެއް ވުޖޫދުކޮށް އެއަށް އަމަލު ކުރަން ފަށާފައެވެ.

އެގޮތުން ކޮވިޑާއި ގުޅިގެން  ޙާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ މަޖިލީހަށް ބިލެއް ހުށަހަޅައި ފާސްކޮށްފައެވެ. އެއީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ވަގުތީ ގާނޫނެވެ.

މި ދެންނެވި ގާނޫނުގައި ބުނެފައިވާ ގޮތުގައި ޤާނޫނަށް ޢަމަލުކުރަން ފަށާއިރު ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ދިރިއުޅޭނެ ތަނެއް ނެތި މަގުމަތިވެފައިވާ ފަރާތްތަކަށް، ނުވަތަ  ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު އެ ޙާލަތު މެދުވެރިވާ ފަރާތްތަކަށް، ސަރުކާރުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުން ވަނީ ލާޒިމް ކޮށްފައެވެ.

އެގޮތުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭންވާނީ، ހަމަހަމަ އުސޫލަކުން، އަދި ސާފުތާހިރުވުމަށާއި، ފާޚާނާކުރުމަށާއި ނިދުމަށާއި، ކެއިންބުއިމަށް އެކަށީގެންވާ ވަސީލަތްތައް ޤާއިމުވެފައިވާ ތަނެއްގައެވެ. ހަމައެހެންމެ ސަރުކާރުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދު  ޤާނޫނަށް ޢަމަލުކުރަން ފަށާތާ 14 ދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެއެވެ.

މީގެއިތުރުން ގާނޫނުގައި ބުނެފައިވާ ގޮތުގައި ޤާނޫނަށް ޢަމަލުކުރަން ފަށާއިރު ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ކާބޯތަކެތި ނުލިބި ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް ނުވަތަ  ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު އެ ޙާލަތު މެދުވެރިވާ ފަރާތްތަކަށް، ސަރުކާރުން ކާބޯތަކެތި ފޯރުކޮށްދޭންވާނެއެވެ.

ކާބޯތަކެތި ފޯރުކޮށްދިނުމުގައި،އަމަލު ކުރަން ޖެހޭނެ އުސޫލުތައް ވެސް ގާނޫނުގައި ވަނޫ ބަޔާންކޮށްފައެވެ. އެގޮތުން  ކާބޯތަކެތި ފޯރުކޮށްދިނުން ނުވަތަ ކާބޯތަކެތީގެ ބަދަލުގައި ފައިސާގެ އެހީ ފޯރުކޮށްދިނުން؛ އަދި ސަރުކާރުން ނުވަތަ ތިންވަނަ ފަރާތެއް މެދުވެރިކޮށް ކާބޯތަކެތި ފޯރުކޮށްދިނުން ހިމެނެއެވެ.

ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި ޤާނޫނާއި ގަވާއިދާ ޚިލާފުވެގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ފަރާތްތަކާއި، ކަރަންޓީން މަރުކަޒުތަކަށާއި އެކަހެރިކުރުމުގެ މަރުކަޒުތަކަށް ގެންދެވޭ ފަރާތްތަކުގެ ތެރެއިން، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހަކަށް ދޭންޖެހޭ ވަގުތީ ޑީޓޮކްސިފިކޭޝަން ފަރުވާ ދެވޭނެ އިންތިޒާމު، ނޭޝަނަލް ޑްރަގް އެޖެންސީން ހަމަޖައްސަންވާނެ ކަމަށް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.

އެގޮތުން ގާނޫނުގައި ބުނެފައިވާ ގޮތުގައި ވަގުތީ ޑީޓޮކްސިފިކޭޝަން ފަރުވާ ދިނުމުގެ އިންތިޒާމު ހަމަޖެއްސުމުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދު، ޤާނޫނަށް ޢަމަލުކުރަން ފަށާތާ 14 ދުވަހުގެ ތެރޭގައި ނޭޝަނަލް ޑްރަގް އެޖެންސީން އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: