ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާމްގެ ކުންފުނީގެ އެކައުންޓް ފްރީޒްކުރަން ނެރުނު އަމުރު އިސްތިއުނާފްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ސިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމްގެ ސަން ޓްރެވަލްސް ކުންފުނީގެ ބޭންކް އެކައުންޓްތައް ފްރީޒްކުރަން ސިވިލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

ސަންޓްރެވަލް އާއި ދެކޮޅަށް ހިލްޓަން އިންޓަނޭޝަނަލްއިން ހުށަހަޅާފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައަކާ ގުޅިގެން އެކުންފުނީގެ އެކައުންޓްތައް ފްރީޒް ކުރަން ސިވިލް ކޯޓުން އަމުރު ނެރުނީ މިމަހުގެ ހަވަނަ ދުވަހުއެވެ.

ނ. އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުން ސަން ޓްރެވަލްސް އިން ބާތިލްކުރި މައްސަލާގައި ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރު އާބިޓްރޭޝަނުން އޮތީ ސަން ޓްރެވަލްސްއަށް އަންގައިފައެވެ. ނ. އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުން ބާތިލްކޮށްފައިވަނީ 2013 ވަނަ އަހަރުއެވެ.

ހިލްޓަނާ އެއްކޮޅަށް އާބިޓްރޭޝަނުން މައްސަލަ ނިންމާފައި ވަނިކޮށް 2017 ގައި ސިވިލް ކޯޓުން ވަނީ ސަން ޓްރެވަލްސްއަށް 16 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ހިލްޓަންގެ މައްޗަށް ހުކުމްކޮށްފަ އެވެ.  ނަމަވެސް އެ ހުކުމް ހައިކޯޓުން ބާތިލްކުރިއެވެ.

ސަން ޓްރެވަލްސް ކުންފުނީގެ އެކައުންޓްތައް ފްރީޒް ކުރުމަށާއި އަދި އެކައުންޓްތަކުގެ ތަފްސީލުތައް ސިވިލް ކޯޓަށް ފޮނުވަންވެސް އަމުރުގައިވެއެވެ.

ސަންޓްރެވަލްސްގެ އެކައުންޓްތައް ފްރީޒް ކުރުމަށް ސިވިލްކޯޓުން އަމުރެއް ނެރިފައިވާއިރު، ސިޔާމްގެ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާއެއް ދައުލަތުން ވަނީ އުފުލާފައެވެ. މި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވެސް ވަނީ މަނީ ލޯންޑްރިންގެ ދައުވާ އުފުލާފަ އެވެ.

މި މައްސަލައިގައި އިބްތިދާއީ އަޑުއެހުމުގައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުނީގެ ފަރާތުން ބުނީ މައްސަލައިގެ ކުންފުނީގެ ފަރާތުން ކުރިއަށްދާ ބޭނުން ވަނީ ވަކީލަކާއި އެކު ކަމަށާއި އެހެން ކަމުން ވަކީލަކު އައްޔަން ކުރުމަށް 10 ދުވަހުގެ މުއްދަތެއް ބޭނުންވާ ކަމަށެވެ.

މަނީ ލޯންޑްރިންގެ ދައުވާ އުފުލީ ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ޔާމީން، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 17.2 މިލިއަން ރުފިޔާ) ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލައިގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: