ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޭގަނޑު 10 ޖަހަންދެން ވެހިކަލް ދުއްވޭގޮތަށް ހަމަޖައްސައިފި

ފޮޓޯ: ޕޮލިސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް19 ގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރޭގަނޑު 8 އިން 10 އަށް ވެހިކަލް ދުއްވުން މަނާކުރި ނިންމުމަށް ބަދަލުގެނެސްފިއެވެ.

ޑިރެކްޓަރ އޮފް ޕަބްލިކް ވޯކްސް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، 24 އޯގަސްޓުގައި 2020 ވަނަ ދުވަހު އެ އިދާރާއިން ނެރުނު އިއުލާނުގައިވާ ރޭގަނޑު އަށަކުން ފެށިގެން  10 އަށް ވެހިކަލް ދުއްވުން މަނާކޮށްފައި އޮތް ނުކުތާއަށް އިސްލާހު ގެނެސްފައިވާކަމަށެވެ.

އެގޮތުން މިއަދުން ފަށައިގެން ރޭގަނޑު 10 ޖެހުމާއި ހަމައަށް ވެހިކަލް ދުއްވުމުގެ ހުއްދަ ވަނީ ދެއްވާފައެެވެ. އަދި ރޭގަނޑު ދިހައެއްގެ ފަހުން ވެހިކަލް ދުއްވުމާއި، މަގުމަތީގައި (ބޭރުގައި) އުޅުންވެސް ވަނީ ކުރިން އޮތް ގޮތަށް ހިފަހައްޓާފައެވެ.

ކޮވިޑް19 އާއި ގުޅިގެން މުޅި ރާއްޖެ ލޮކްޑައުންއަކަށް ދިޔުމަށްފަހު ލުއިތަކަކާއެކު ބޭރަށް ނިކުމެ އުޅުމުގެ ހުއްދަ ދިނުމުން ޕޮޒިޓިވް ވާ މީހުންގެ އަދަދު އިންތިހާއަށް ގިނަވިކަން ފާހަގަކުރެވެއެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރޭގަނޑު 8 ގެ ފަހުން ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައެވެ.

މިކަމާއި ގުޅިގެން ކުދި ވިޔަފާރިތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމަށް ވިޔަފާރި ހިންގާ ފަރާތްތަކުން ދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: