ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގައި އިއްޔެ ހިންގި އޮޕަރޭޝަނުގައި 80 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވޭ: ސީޕީ

ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިއްޔެ ފުލުހުން އައްޑޫ ސިޓީގައި ހިންގި ޚާއްސަ އޮޕަރޭޝަނުގައި 80 ކިލޯގެ މަސްތުވާތަކެތި އަތުލާފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އަތުލައިގަނެވުނު މަސްތުވާތަކެތީގައި ގާތްގަނޑަކަށް 80 ކިލޯ ހަމަވާ ކަމަށާއި މި އޮޕަރޭޝަނަކީ އައްޑޫގެ އިންޓެލް އަދި ފުލުހުންގެ މަސައްކަތުން ކުރިއަށް ގެންދެވުނު ކާމިޔާބު އޮޕަރޭޝަނެއް ކަމަށެވެ.

ސީޕީ އިތުރަށް ވިދާޅުވީ އިއްޔެ އަތުލައިގަނެވުނު މަސްތުވާތަކެތި ރާއްޖެއަށް ސަޕްލައި ކުރި ފަރާތެއް ހޯދުމަށް ބޭރުގެ އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

ފުލުހުން އިއްޔެ ހިތަދޫ ސަރަހައްދު ކަނޑުމަތިން ހިންގި އޮޕަރޭޝަނުގައި ގިނަ ހައްޔަރުކުރީ ކޮންބައެއްކަމެއް ފުލުހުން ހާމަކޮށްފައި ނުވާއިރު. އެ އޮޕަރޭޝަނުގައި ކުރީގެ ޤައުމީ ފުޓުބޯޅަ ޓީމުގައި ހިމެނޭ ކުޅުންތެރިއަކު ހައްޔަރުކޮށްފައިވާކަމަށް ބައެއް މީޑިއާތަކުންވަނީ ރިޕޯޓުކޮށްފައެވެ. އެހެންނަމަވެސް މިކަން ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: