ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސް ގަނެ ވިއްކޭނެ އެންމެ ދަށް އަގު ކަނޑައެޅުމާބެހޭ ގަވާއިދެއް އެކުލަވައިލައި އާންމުކޮށްފި

މަސްވެރިންތަކެއް އައިނަކަށް އަރާ މަސްބާނާ މަންޒަރު:_ފޮޓޯ- ދިވެހި މަސްވެރިން
ޝެއާރކޮށްލާ ކަހަލަދޯ؟

މަސް ގަނެ ވިއްކޭނެ އެންމެ ދަށް އަގު ކަނޑައެޅުމާބެހޭ ގަވާއިދު މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން އެކުލަވައިލައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފިއެވެ.

މި ގަވާއިދަކީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ (ށ) ގެ 8 ވަނަ ނަންބަރަށް ރިޢާޔަތްކޮށް ، އެ މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.

ގަވާއިދުގެ މަޤްޞަދަކީ، އެކްސްޕޯޓަށް އަމާޒުކޮށްގެން ދިވެހިރާއްޖޭގައި ކުރާ މަސްވެރިކަމުގައި، މަސްވެރިންގެ އަތުން މަސް ގަނެގެން އެކްސްޕޯޓްކުރާ ފަރާތްތަކުން މަސްވެރިންނަށް ހުށަހެޅޭނެ އެންމެ ދަށް އަގެއް ކަނޑައެޅުމުގެ އުސޫލުތަކާއި ހަމަތައް ކަނޑައެޅުމާއި، އެކްސްޕޯޓް ކުރުމަށް މަހާއި މަހުގެ އުފެއްދުން ޕްރޮސެސްކުރާ ނުވަތަ ރައްކައުކުރާ ފަރާތްތަކުން މިނިސްޓްރީން ކަނޑައަޅައި އިޢުލާނުކުރާ އަގުތަކުގައި މަސް ގަތުމަށް ލާޒިމުކުރާ އަގު ކަނޑައެޅުމުގައި މަސްވެރިންނާއި މަސް ގަނެ އެކްސްޕޯޓްކުރާ ފަރާތްތަކަށް އިންސާފުވެރި ގޮތެއްގައި މިފަދަ އަގުތަކެއް ކަނޑައެޅުމުގެ ހަމަތައް އެކަށައެޅުމެވެ.

ގަވާއިދުގެ ދަށުން މަސް ގަންނަ އެންމެ ދަށް އަގު (ފްލޯ ޕްރައިސް) ކަނޑައަޅައިފައިވާ މަހުގެ ބާވަތްތަކަކީ. 

1 .ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ބާނާ މަސް.

2 .ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަމުގައި ބާނާ މަސް.

ގަވާއިދުގައި ބުނެފައިވާ ގޮތުގައި އެކްސްޕޯޓް ކުރުމަށް މަހާއި މަހުގެ އުފެއްދުންތައް ޕްރޮސެސް ކުރުމުގެ ނުވަތަ ރައްކައު ކުރުމުގެ ލައިސަންސް ލިބިގެން މަސް ގަތުމުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކާއި އެ ފަރާތްތަކުން އޮޕަރޭޓްކުރާ ކަލެކްޓަރ ބޯޓުފަހަރުޔަކަށް ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ބާނާ މަހަށާއި އަދި .ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަމުގައި ބާނާ މަހަށް އެންމެ ދަށް އަގު ކަނޑައެޅިދާނެއެވެ. ހަމައެހްނެމެ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި މަސްގަތުމުގައި ހަރަކާތްތެރިވުމަށް މިނިސްޓްރީން ހުއްދަދީފައިވާ ބޭރުގެ އުޅަނދުފަހަރު. ގަވާއިދުގައި ކަނޑައަޅާފައިވާ ބާވަތްތަކުގެ މަސްވެރިކަމުގައި އެންމެ ދަށް އަގު ކަނޑައެޅިދާނެ ކަމަށް ގަވާއިދުގައި ވަނީ ބުނެފައެވެ.

މީގެއިތުރުން  ގަވާއިދުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ފަރާތްތަކުން މަސްވެރިންގެ އަތުން މަސް ގަނެވޭނެ އެންމެ ދަށް އަގު، ގަވާއިދަށް ޢަމަލުކުރަން ފަށާ ދުވަހުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި މިނިސްޓްރީގެ ފަރާތުން ކަނޑައަޅައި އާންމުކޮށް އިޢުލާނު ކުރަންވާނެއެވެ. މިގޮތުން ކަނޑައަޅާ އަގުތައް ކަނޑައެޅުމާއެކު ދިވެހިސަރުކާރުގެ ގެޒެޓުގައި އާންމުކޮށް އިޢުލާނު ކުރަންވާނެ ކަމަށް ވަނީ ބުނެފައެވެ.

ގަވާއިދުގެ ދަށުން މަސް ގަންނަ އެންމެ ދަށް އަގު ކަނޑައަޅާ ކޮންމެ މަސްވެރިކަމަކަށް ކަނޑައަޅާ މަސް ގަނެވޭނެ އެންމެ ދަށް އަގު، މަދުވެގެން ކޮންމެ 12 މަސްދުވަހަކުން އެއްފަހަރު މުރާޖަޢާކޮށް އިޢުލާނު ކުރަން ޖެހޭނެއެވެ.

ގަވާއިދުގެ ދަށުން މަސް ގަންނަ އެންމެ ދަށް އަގު ކަނޑައެޅުމުގައި މިނިސްޓްރީގެ ފަރާތުން ރިޢާޔަތް ކުރަން ޖެހޭ ކަންކަމުގެ ގޮތުގައި ކަނޑައަޅާފައި ވަނީ މަސްވެރިންގެ އާމްދަނީއާއި، މަސްވެރިކަމަށް ކުރާ ހޭދަ ނުވަތަ އެކަމަށް ކުރާ ޚަރަދަށާއި، މަސްވެރިކަމުން އުޅަނދަށް ލިބޭ އާމްދަނީއާއި، މަސްވެރިކަމުގެ ޚަރަދަށާއި، އުޅަނދު ބަނުމަށާއި އިންޖީނު އެޅުމަށް ދޫކޮށްފައިވާ ލޯނު ހިމެނޭ ގޮތަކުގެ މައްޗަށާއި،  މަސް ގަންނަ ފަރާތްތަކުގެ އާމްދަނީއާއި، މަސް ގަނެ ޕްރޮސެސްކޮށް ރައްކައުކޮށް އެކްސްޕޯޓް ކުރުމަށް ކުރާ ހޭދަ ނުވަތަ އެކަމަށް ކުރާ ޚަރަދަށް ބަލަން ޖެހޭނެއެވެ.

މީގެއިތުރުން  މަސް ގަންނަ ފެސިލިޓީ ޤާއިމުކުރުމަށް އެ ފަރާތްތަކުން ކުރާ ހޭދައާއި އިންވެސްޓްމަންޓުގެ އަގަށާއި، ދިވެހިރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ހުރި މިންވަރަށާއި، މަސް ގަންނަ އެންމެ ދަށް އަގު ކަނޑައެޅޭ މަސްވެރިކަމުގައި ބާނާ މަހަށް ބޭރުގެ ބާޒާރުގައި އެކްސްޕޯޓް ކުރުމުން ލިބޭ އަގަށް ވެސް ބަލަން ޖެހޭނެ ކަމަށް ގަވާއިދުގައި ވަނީ  ބުނެފައެވެ. ހަމައެހެންމެ ދިވެހިރާއްޖޭގައި ދިރިއުޅުމުގެ އާންމު ޚަރަދުތަކަށް ބަލަން ޖެހޭއިރު މަސައްކަތްތެރިންނަށް ދިނުމަށް އެންމެ ދަށް އުޖޫރައެއް ކަނޑައަޅައިފައިވާނަމަ، އެ އުޖޫރައިގެ މިންވަރަށް ވެސް އެންމެ ދަށް އަގު ކަނޑައެޅުމުގައި ބަލަން ޖެހޭނެ ކަމަށް ގަވާއިދުގައި ވަނީ ބުނެފައެވެ.

ފިޝަރީޒް މިނިސްޓްރީން އާންމުކޮށްފައޮވާ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ގަވާއިދުގެ ދަށުން ކަނޑައަޅާ މަސް ގަންނަ އެންމެ ދަށް އަގަށްވުރެ ކުޑަ އަގެއްގައި، ގަވާއިދުގެ ތަރަހައިގެ ތެރޭގައި ހިމެނޭ މަސްވެރިކަމެއްގައި މަސް ގަތުމަކީ ނުވަތަ މަސް ގަންނަން ހުށަހެޅުމަކީ މަނާކަމެކެވެ. އަދި އެފަދަ ކަމެއް ކޮށްފިނަމަ އެ ފަރާތަކަށް މަސްގަތުމުގެ ހުއްދަ ނުވަތަ ލައިސަންސް ދޫކޮށްފައިވާ ގަވާއިދުގައި ނުވަތަ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނެއްގައި ބަޔާންކޮށްފައިވާ ޖޫރިމަނާ ނުވަތަ އިދާރީ ފިޔަވަޅު އެޅޭނެ ކަމަށް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
81%ވަރަށް ގަދަ 18%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 1%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: