ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑަށްކުރި ހޭދައާއި ބަލާފައި ނަތީޖާ ހަމަ ސުމެއް: ޑރ. ޑީޑީ

އެމްޑީޕީގެ ކުރީ ރައީސް ޑރ. އިބްރާހިމް ދީދީ (
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިން އަރައިގަތުމަށް ސަރުކާރުންކުރި ހޭދައާއި އަޅާބަލައިރު، ނެރުވެނު ނަތީޖާއަކީ ހަމަ ސުމެއް ކަމަށް އެމްޑީޕީގެ ކުރީ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ) ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑީޑީ ވިދާޅުވީ މިހާތަނަށް އައިއިރުވެސް ކޮވިޑް-19 ކޮންޓްރޯލް ނުކުރެވިގެން އުޅެނީ އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިނުވުމުގެ ސަބަބުން ކަމަށެވެ.

ޑީޑީ ވިދާޅުވީ އެންމެ ފުރަތަމަ ރާއްޖޭން ކޮވިޑަށް ޕޮޒިޓިވް މީހެއް ފެނުމާއެކު، އެންމެ ނުރައްކާތެރި ހާލަތަށްވެސް ތައްޔާރުކަމަށް ހެލްތު މިނިސްޓަރު އަމީން ވިދާޅުވިޔަސް، ކޮމިއުނިޓީ ސްޕްރެޑަށް ދިޔައިރުވެސް އެއްވެސް ވަރަކަށް ތައްޔާރުވެވިފައި ނުވާ ކަމަށެވެ.

މިހަތަނަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ޚަރަދުކުރިއިރު، ކޮވިޑް ކޮންޓްރޯލް ކުރަން ކުރެވުނު މަސައްކަތް ހަމަ ސުމެއް ކަމަށް ޑީޑީ ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް އައިއިރުވެސް މާލޭ ސަރަހައްދުން ކޮވިޑް-19 ކޮންޓްރޯލް ކުރެވިފައިނުވާ ކަމަށް ޑީޑީ ވިދާޅުވިއެވެ.

ޑީޑީ ވިދާޅުވީ ކޮވިޑްގެ އެންމެ ޕީކް ދުވަސްވަރު ޕޮޒިޓިވް ކޭސްތައް ދުއިސައްތަ އާއި ހަމައަށް އަރައިގެން ދިޔައީ ހެލްތު މިނިސްޓްރީއާއި އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކުގެ ދޯދިޔާ ކަމުންކަމަށެވެ. އަދި ރާއްޖޭގެ ބޯޑަރު ހުޅުވާލިޔަސް އުއްމީދުކުރި ވަރާ ގާތަށްވެސް ފަތުރުވެރިން އައިސްފައިނުވަނީވެސް އެ ސަބަބާއިހުރެ ކަމަށް ޑިޑީ ވިދާޅުވިއެވެ.

ކޮވިޑަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއްކޮށް އެކަށީގެންވާ ނަތީޖާއެއް ނުރެވި ފެއިލްވުމުގެ ހަގީގީ ޒިންމާ ނަގަންޖެހޭނީ ކޮވިޑާއި ގުޅިގެން ލަފާދިނުމަށް އެކުލަވާލި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ޓީމުން ކަމަށް ޑީޑީ ވިދާޅުވިއެވެ.

“ކޮވިޑް ކޮންޓްރޯލް ނުކުރެވުމުގެ ހުރިހާ ޒިމންމާއެއް ނަގަންޖެހޭނީ ޓެގް ޓީމުން، ޚާއްސަކޮށް ޑރ. އަލީ ލަތީފް، ކީއްވެތޯ އޭޕްރި މަހު ކޮމިއުނިޓީ ސްޕްރެޑަށް ދިޔައިރުވެސް ވިދާޅުވީ މާސްކް އަޅާނެ ކަމެއް ނެތޭ، އެކަމަކު އަތް ނުފޯރާ ފަށަށް ދިޔައިމަ އޮގަސްޓު މަހު ބުނެފި ދެން މާސްކު އަޅާށޭ، ދުވާލަކު ތިން އިރު އުސޫލެއް އެބައޮވޭ” ޑީޑީ

މީގެ އިތުރުން ޑީޑީ ވިދާޅުވީ ސިޔާސަތުތައް ތަންފީޒްކުރަން ޖެހޭނީ ޓެގްޓީމުން ދޭ ލަފާގެ މައްޗަށް އެކަންޏެއް ނޫން ކަމަށެވެ. އެގޮތަށް ސިޔާސަތުތައް ތަންފީޒްކުރުމުގެ ނަތީޖާއަކީ ކޮވިޑަށް އެކަނި ފޯކަސްކޮށްގެން އެހެން ބަލިތަކަށް ފަރުވާ ދިނުމުގައި ސިއްހީ ދާއިރާ ފެއިލްވުން ކަމަށް ޑީޑީ ވިދާޅުވިއެވެ.

ޑީޑީ ވިދާޅުވީ ޓެގްޓީމުގެ ބައެއް ބޭފުޅުންނަށް ބައެއް ވަޒީރުން އަމިއްލަ މަސްލަހަތުގައި މަސައްކަތް ކުރައްވާ ކަހަލަ މަންޒަރުތަކެއް ފެންނަ ކަމަށެވެ. އެގޮތުން ކޮވިޑްގެ ނަމުގައި އެފަރާތްތަކަށް ކޮންމެވެސް މަންފާއެއް ނުވަތަ ފައިދާއެއްވާނެ މަގެއް ހޯއްދަވަން މަސައްކަތްކުރާ ހެންވެސް ހީވާ ކަމަށް ޑީޑީ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު މިއަދުވެސް މަސައްކަތްކުރައްވަނީ ކޯލިޝަން ދަމަހައްޓަން ކަމަށާއި ނަމަވެސް ރައްޔިތުން ބޭނުންވަނީ އަނގަޔާއި އަތާއި ދިމާވާނެ ގޮތެއް ހޯދަން ކަމަށް ޑީޑީ ވިދާޅުވިއެވެ. އެކަމަކު މިއަދުވެސް ކޯލިޝަނުގެ ބައިވެރިން ތިބީ ވަރަށް އުފަލުން ކަމަށް ޑީޑީ ވިދާޅުވިއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 17%ހައިރާންވެއްޖެ 0%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: