ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮޕަރޭޝަންގައި 98.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެއްޗާއި ދެކޮޅަށް މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނުގައި މިހާތަނަށް 98.6 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ..

ފުުލުހުން ވިދާޅުވީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނީ ހިތަދޫ / ފިނިފަރު، ޢަބްދުﷲ އިބްރާހީމް (އަބުޗޭ) އިސްވެ ހުރެ ދިވެހިންގެ އިތުރު ބަޔަކާއި ބޭރުބަޔަކާއި ގުޅިގެން ކަމަށެވެ. އޭނާއަކީ މަސްތުވަތަކެތީގެ ބޮޑެއްގެ ގޮތުގައި މީގެ ކުރިންވެސް ފާހަގަކުރެވިފައިވާ މީހެކެވެ. އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފައެވެ.

އެގޮތުން އައްޑޫގެ ކަނޑުގެ ސަރަހައްދުގައި އިއްޔެ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު 14 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 23 އަހަރާއި 40 އަހަރާ ދެމެދުގެ ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ މިއޮޕަރޭޝަންގެ ދަށުން އައްޑޫ ސިޓީގެ ބައެއް ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: