ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގައި ކުޑަ ދެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ: ތުހުމަތު ކުރެވޭ ދެ މީޙުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފި

ޖިންސީ ގޯނާއާއި، ރޭޕްގެ ތުހުމަތުވާ މީހުން ހައްޔަރު ކުރުމަށް ގޮވާލާ މާލޭގައި ކުރިޔަށް ގެންދިޔަ ހިނގާލުމުގެ ތެރެއިން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ކުޑަ ދެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުން ކޯޓުއަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.

ހުޅުމާލޭގައި އުމުރުން 15 އަހަރުގެ ދެ ފިރިހެން ކުއްޖަކާއި ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ތަހުގީގު ކުރަމުންދާއިރު މި މައްސަލައިގެ ކޯޓުއަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ އުމުރުން 29 އަހަރުގެ ފިރިހެނަކާއި، 30 އަހަރުގެ އަންހެނެކެވެ. މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހުޅުމާލޭގައި ކުޑަ ދެ ފިރިހެން ކުދިންނަށް ޖިންސީގީނާކު މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް އެއީ ކޮން ބައެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މީޑިއާތަކުގައި އާއި ސޯޝަލް މީޑިއާގައި ވާ ގޮތުން މި މައްސަލައިގެ ތުހުމަތު ކުރެވެނީ މަޝްހޫރު ފިލްމީތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަނބިމީހާ ރިހުލާގެ މައްޗަށެވެ. އަދި ދެ ފިރިހެން ކުދިންގެ އާއިލާގެ ބައެއް މީހުން ވެސް ވަނީ ޔުނާން އާއި ރިހުލާއާއި ދެކޮޅަށް ސޯޝަލް މީޑިއާގައި އަޑުއުފުލާ މައްސަލަ ހުށަހެޅިތާ 24 ގަޑިއިރު ވެގެންދިޔައިރުވެސް އެ މީހުން ހައްޔަރު ނުކުރެވޭ ސަބަބާއި މެދު ވަނީ ސުވާލު އުފައްދާފައެވެ.

ޔުނާން އާއި ރިހުލާ ދެކޮޅަށް މި މައްސަލަ ހުށަހެޅީ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. އެހެން ނަމަވެސް އިއްޔެގެ ހަވީރުގެ ވަގުތެއްގައި ހުޅުމާލޭގައި ޔުނާން ދިރިއުޅޭ އެޕާޓްމެންޓުގެ ކުރިމައްޗަށް އާއްމުންގެ ބަޔަކު ވަނީ އެއްވެ އަޑުއުފުލާފައެވެ. އަދި އެ ސަރަހައްދުގައި ފުލުހުން ވެސް ހަރަކާތެރިވިއިރު ފުލުހުންގެ ހިމާޔަތަށް އެ ދެ މީޙުން ގެންދިޔައެވެ.

އެގޮތުން  އެ ގެއިން ޔުނާން އާއި ރިހުލާ ނެރެގެން ގޮސް ފުލުހުންގެ ވެހިކަލްއަށް އެރުވިތަން އެވަގުތު އެތަނުގައި ތިބި ނޫސްވެރިންނަށް ވެސް ވަނީ ފެނިފައެވެ. މައްސަލައިގައި އެތައް ފަހަރެއްގެ މަތީން ނޫސްވެރިން މީޑިއާ ގްރޫޕުގައި ސުވާލު ކުރިނަމަވެސް ފުލުހުން އެއްވެސް ޖަވާބެއް ނުދެއެވެ. އަދި އޭގެ ފަހުން ކުރަމުން އައި ސުވާލުތަކަށް ބުނެފައިވަނީ ފުލުހުންގެ ވެހިކަލްގައި ގެންދިޔައީ “އަމިއްލަ ރައްކާތެރިކަމަށް އެދުނު ދެ މީހުން” ކަމަށެވެ.

މައުލޫމާތު ލިބޭގޮތުން ޔުނާން އާއި ރިހުލާގެ މައްޗަށް މި ތުހުމަތު ކުރަނީ ޔުނާންގެ އާއިލާގެ ބައެކެވެ.

މި މައްސަލައިގައި ޖެންޑާރ އިން ބުނެފައިވަނީ މައްސަލަ ރިޕޯޓު ކުރީ އިއްޔެ ކަމަށާއި، ފުލުހުންނާއި ގުޅިގެން މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ޖެންޑާރ އިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: