ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނުތަކަށް އަމަލުކުރާނަމަ ސްކޫލްތަކުގައި އަނިޔާގެ މައްސަލަތައް ނުހިނގާނެ: މިނިސްޓަރ

އެޑިޔުކޭޝަން މިނިސްޓަރ މަޖިލީހަށް ހާޒިރުވެވަޑައިގެން މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނުތަކަށް ފުރިހަމައަށް އަމަލުކުރާނަމަ ސްކޫލްތަކުގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ނުހިނގާނެކަމަށް އެޑިޔުކޭޝަން މިނިސްޓަރ އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަޖިލީހަށް ހާޒިރުވެވަޑައިގަތުމުން އިތުރު ސުވާލުކުރުމަށް ހުޅުވާލި ފުރުސަތުގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ކުރެއްވި ސުވާލުގައި ޖަވާބުގައި މިނިސްޓަރ ވިދާޅުވީ ކުޑަކުދިންގެ އެކި މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ ގައިޑްލައިންތަކެއް އަބަދުވެސް ހުންނަކަމަށެވެ. މީގެ ތެރޭގައި ސްކޫލްތަކާއި އެހެނިހެން ފަރާތްތަކުން އަމަލުކުރަންޖެހޭ ގާނޫނުތަކާއި އެސްއޯޕީތައް ހުންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ގާނޫނޫ އަސާސީގައިވެސް ތަފާތު ގާނުނުތަކުގައި ކުޑަކުދިންގެ ތަފާތު އެކި މައްސަލަތަކުގައި އަމަލުކުރަންވާ ގޮތް ބަޔާންކޮށްފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ކުޑަކުދިންނަށް ޚާއްސަ ގާނޫނުތަކާއި، ކުޑަކުދިންގެ އަދުލުގެ ގާނޫނާއި، ތައުލީމީ ދާއިރާއަށް ޚާއްސަކޮށް ހެދިފައިވާ ގާނޫނުތަކުގައިވެސް ކުޑަކުދިންގެ މައްސަލަތަކުގައި އަމަލުކުރާނެ ގޮތްތައް ބަޔާންކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ. އަދި ސްކޫލްތަކުންވެސް އަމަލުކުރާނެ އެސްއޯޕީ ޗާޓުތަކެއް މިހާރުވެސް އެކުލަވާލާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“ސްކޫލްތަކާއި އެހެނިހެން ފަރާތްތަކުންވެސް މިގާނޫނުތަކަށާއި މިއެސްއޯޕީތަކަށް އަމަލުކުރާނެނަމަ މިކަންކަން ނުހިނގާނެ” މިނިސްޓަރ

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، މިހާރުވެސް ގައިޑްލައިންތަކެއް އެކުލަވާލާފައިވާ ކަމަށާއި އެހެންނަމަވެސް ގައިޑްލައިންތަކަށް އަަމަލުކުރަމުންދާ މިންވަރު އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި ލައިސެންސިންގެ މަސައްކަތް ކުރަން ފެށުމުން ދަރިވަރުންނާއި ބައްދަލުވަނީ ކޮންބައެއްތޯ މިހާރަށްވުރެ ގާތުން ބެލިގެންދާނެ ކަމަށާއި ދަރިވަރުންނާއި ބައްދަލުވާ މީހުން ސްކްރީންކުރެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ލައިސެންސިންގެ މަސައްކަތް ފެށުމަށް މިހާރު މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ސުވާލުތަކަށް ޖަވާބުދެއްވައި ނިމުމާއެކު ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ނައިބްރައީސް އީވާ އަބްދުﷲ ވަނީ މިނިސްޓަރ ވަރަށް ފުރިހަމައަށް ޖަވާބު ދެއްވާފައިވާކަމަށް ވިދާޅުވެފައެވެ. އަދި އިތުރު ވަގުތު މަޖިލީހުގައި ހޭދަކުރައްވައި، މަޖިލީހުގެ މެމްބަރުން ކުރެއްވި އިތުރު ސުވާލުތަކަށްވެސް ވަރަށް ފުރިހަމައަށް ޖަވާބު ދެއްވާފައިވާކަމަށް އީވާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: