ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިޔަ ވެއްޔާ ކަފުން ކޮށްލީ އާއިލާއެއްގެ ދިރުމެވެ.

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ތި ފޭރިގަނެވުނީ އާއިލާއެއްގެ ދިރުންކަމުގައި ދެކެމުނު ކުއްޖެއްގެ އިއްފަތްތެރިކަމަށް ވެސް ވެދާނެއެވެ. މާދަމާ އެފަދަ ހާލަތެއް ތިބާގެ އާއިލާއަށް ވެސް ކުރިމަތި ވެދާނެއެވެ. ތިބާގެ މާމައެވެ. ތިބާގެ މަންމައެވެ. ތިބާގެ ދައްތައެވެ. ނުވަތަ ތިބާގެ ކޮއްކޮއެވެ. ޔަޤީނުންވެސް އެހެންވާކަށް ތިބާގެ ހިތެއްވެސް ނޭދޭނެއެވެ.

އާނއެކެވެ. ރޭޕް ކުރުމަކީ އަނިޔާވެރިކަން ބޮޑު ހުތުރު ޢަމަލެކެވެ. ނޭނގި ނަމަވެސް ތި ހަލާކު ކޮށްވެނީ ކަނބަލެއްގެ މުސްތަގުބަލެވެ.

ކޮންމެ ތަނަކަށް ދިޔަޔަސް، ކޮންމެ ފަދަ ހެދުމެއް ލާފައި ހުއްޓަސް ގަދަ ކަމުން ބެހުމާއި ރޭޕް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ރޭޕްކޮށް ޢިތްފަތްތެރިކަން ނަގާލުމަކީ ބޮޑު މުންކަރާތެކެވެ. އެކަން ކުރިބަޔަކަށް އެކަމުގެ ހައްގު އަދަބު ލިބެން ޖެހޭނެއެވެ.

ރޭޕްގެ މައްސަލަ އަކީ އަބަދުވެސް މި ކުޑަކުޑަ މުޖުތަމައުގައި ދެކެވެމުން އަންނަ ވާހަކަތަކެކެވެ. ކުޑަކުދިން ރޭޕްކުރާ ވާހަކައެެވެ. ބޮޑެތި މީހުންނަށް ޖިންސީ އަނިޔާކުރާ ވާހަކައެވެ. އެހެންނަމަވެސް މި ފަދަ ކަންކަމަށް ގިނަ ފަހަރަށް އިންސާފު އޮންނަނީ ނުލިބިއެވެ. ގޯސްވާނީ ރޭޕްގެ ސިކާރަަކަށް ކުއްޖާއެވެ.

ކޮންމެ ދުވަހަކު އިވޭ އެފަދަ ހިތާމަވެރި ވާހަކަތަކަށްވުރެ ބޮޑަށް ހިތާމަ ކުރަން ޖެހެނީ އެފަދަ ލާއިންސާނީ އަމަލުކުރާ މީހުންގެ ދިފާއުގައި ތެދުވާ ބަޔަކު މި ގައުމުގައި ވެސް ތިބީމަ އެވެ. ޖިންސީ ފުރައްސާރައިގެ ޝީކާރައަކަށް ވުމަކީ ހަމައެކަނި އަންހެން މީހާގެ ކުށެއް ކަމަށް ދައްކަން އުޅޭ، ދަށު ދަރަޖައިގެ މީހުން މުޖުމައު ތެރޭގައި އުޅޭ ކަމީ ހިތާމަހުރި ކަމެކެވެ.

ސަފާރީތަކުގައި ރާބޮއެ އަންހެނުންނައި ފިރިހެނުން އެއްވެ ޕާރޓީ ކުރުމަކީ ވެސް ކުށެކެވެ. ހެދުން ލައިގެން އޮރިޔާމުން އުޅުމަކީ ވެސް ކުށެކެވެ. އަންހެނަކު މަހުރަމަކާއި ނުލާ އެކަނި ދަތުރު ކުރުމަކީ ވެސް ކުށެކެވެ. ނަމަވެސް މިއިން އެއްވެސް ކަމަކީ ރޭޕް ހުއްދަވާނޭ ހުއްޖަތެއް ނޫނެވެ. އެއީ އެކަމަށް މަގުފަހި ވާނެ ކަމެކެވެ. މަގުފަހިވުމަކީ ކުށަށް އަރައިގަންނަން ޖެހޭ ސަބަބެއް ނޫނެވެ. ވީމާއި ރޭޕް ކުރި މީހުންނާއި، ރާބުއި މީހުންނާއި، ޕާޓީ ކުރި މީހުންނަށް ވެސް އެ މީހުން އެ ކުރި ކުށުގެ ހައްގު އަދަބު ލިބެން ޖެހޭނެއެވެ. މުޅި ގައުމު ކުށުގެ ހާލިގަނޑަކަށް ވެއްޖެއެވެ.

ޤައުމުގެ ވެރިންނެވެ. ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނެވެ. ހުކުމް ތަންފީޒުކުރާ ކޯޓުތަކުގެ ގާޒީންނެވެ. މި ނުރައްކާތެރި ވަބާއިން ޤައުމު ސަލާމަތްކުރަން ބޭނުންވަނީނަމަ ކުށްވެރިންނަށް ހައްޤު އަދަބުދޭށެވެ. ހުކުމްކޮށް އެކަން ތަންފީޒު ކުރާށެވެ. މިކަމަށް ދީނުގައި އަންގަވާފައިވާ އެންމެ ހަރުކަށި އަދަބުދޭށެވެ. ނޫނީ ކުރިމަގު ހަލާކުގެ ތެރެއަށް ހުށަހެޅިގެން ހިނގައިދާނެއެވެ. މިއީ ފަރުވާ ކުޑަ ކުރެވޭވަރުގެ ކަމެއް ނޫނެކެވެ.

ވަރަށް ގަދަ
59%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 3%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 24%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ރަނގަޅު ވާހަކަތަކެއް…. ޓައިޕިންގ މައްސަލަތަކާއި އިމްލާ ކުށްތައް ރަނގަޅުކޮށްލުމުން، އިބާރާތްތަކުގެ ފަށުވިކަން އިތުރަށް ފެނިގެންދާނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: