ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓޯޗާގެ މައްސަލަތައް ތަހުގީގު ކުރުމުގައި ދިމާވާ ދަތިތައް ޕީޖީއާ ހިއްސާކޮށްފި

ޝަމީމްއަށް ރައީސް މައުމޫންގެ ތައުރީފް -ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟
ޓޯޗާ ނުވަތަ ބޮޑެތި އަނިޔާ ކުރުމުގެ މައްސަލަތައް ތަހުގީގު ކުރުމުގައި ދިމާވާ ދަތިތައް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ޕްރޮސެކިއުޓާ ޖެނެރަލް(ޕީޖީ) އޮފީހުގެ ސަމާލުކަމަށް ގެނެސްފި އެވެ.

އެޗްއާރުސީއެމް އިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެންޓި ޓޯޗާ ގާނޫނު 2013ގެ ދަށުން އެޗްއާރުސީއެމުން ތަހުގީގުކުރާ ޓޯޗާގެ މައްސަލަތައް، ގާނޫނީ މުއްދަތުގައި ތަހުގީގުކޮށް ނިންމުމަށް ދިމާވާ ދަތިތަކާ ބެހޭގޮތުން މަޝްވަރާކޮށް އެކަން ޕީޖީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

އޭގެ އިތުރުން އިންސާނީ ހައްގުތަކަށް އުނިކަން ލިބޭ މައްސަލަތަކުގެ ތަފާސްހިސާބު އާއްމުކުރަން ޕީޖީ އޮފީހުން ތާއީދުކޮށްފައި ވާތީ އެޗްއާރްސީއެމުން ވަނީ އެކަމަށް މަރުހަބާ ކިޔާފަ އެވެ.

އެންޓި ޓޯޗާ ގާނޫނުގައި ހިމެނޭ ކަންތައްތަކަކީ ރާއްޖޭގައި ޓޯޗާކުރުން މަނާކުރުމާއި ހުއްޓުވުމާއި، ރަހުމްކުޑަ، ލާއިންސާނީ، އިހާނެތި އަމަލު ހިންގުން މަނާކުރުމާއި ހުއްޓުވުމާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބު ދިނުން މަނާކުރުމާއި ހުއްޓުވުމާގުޅޭ މައިގަނޑު ސިޔާސަތުތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: