ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދީބުގެ އިއުތިރާފު އަދި އެގްރީމެންޓް އަކީ އެމް.އެމްޕީއާރުސީގެ ފައީސާ ހޯދުމަށް ދައުލަތުން ހޯދި ބޮޑު ކުރި އެރުމެއް

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އަބްދުލް ޤަފޫރު
ޝެއާރކޮށްލާ ކަހަލަދޯ؟

2015 އިން 2018 އަށް އެމް.އެމް.ޕީ.އާރުސީގެ މައްސަލަ އޮތީ އަދީބާ އަދި ޒިޔަތާ ހަމައިން އެކަން ނިންމާލާފައެވެ. ރައީސް ޔާމީން އޭގެތެރެއިން އެތައް މިލިއަން ޑޮލަރެއް އަމިއްލަ އެކައުންޓަށް ލައިގެން އަދި އެހެން އެންމެންވެސް ތިބީ އެކައުންޓްތައް ފުރާލައިގެންނެވެ. މިސަރުކާރުން ވެރިކަމަށް އައިސް ހޯދި އެންމެ ބޮޑު ކުރިއެރުމަކީ އެސެޓް ރިކަވަރީ ކޮމިޝަން އުފައްދާ ޕޮލިސް ، އޭސީސީ އަދި ޕީޖީ އޮފީސް ބައިވެރިވެގެން އަލުން އެމް.އެމް.ޕީ.އާރުސީގެ ތަހުގީގުތައް ޖޮއިންޓް އިންވެސްޓިގޭޝަން އެއްގޮތުގައި ފަށާ މުޅި މައްސަލަ ވަށައިޖެހޭގޮތައް ތަހުގީގު ކޮށް އެކަމުގައި ބައިވެރިވި އެތައް ބައެއްގެ އެއްބާރުލުންހޯދުމެވެ.

ބޭނުމަކީ ވަކިބައެއްގެ ބޮލައްޖަހާ އެމީހުންގެ އަތުން 3 ބިލިއަން ރުފިޔާ ހޯދަން ހުކުމެއްކޮށް އެފައިސާ ނުލިބި ދިޔުންތޯ ނުވަތަ މުޅި މައްސަލަ ތަހުގީގުކޮށް، އެމް.އެމް.ޕީ.އާރު.ސީ މައްސަލައިގައި ހިމެނޭ އިންސާފުގެ ކުރިމައްޗަށް ގެނެސް، ގެންލުން ފައިސާ ދައުލަތަށް ހޯދުމުގެ ސުވާލަށް މިސަރުކާރުން ފިޔަވަޅުތައް އެޅީ ވަރަށްވެސް ހަރުދަނާ ގޮތެއްގައެވެ.

މިދިޔަ ސަރުކާރުގެ އެންމެ މަތިން ފެށިގެން ދައުލަތުގެ ގިނަ މުއައްސަސާ ތަކެއްގެ އިސް ފަރާތްތަކެއް ވަނީ މިކަމުގައި ބައިވެރިވެ އަދި މަންފާ ވެސް ލިބިފައެވެ. ހާއްސަކޮށް ނާޖާއިޒް މަންފާ ލިބުނު ފަރާތްތަކުގެތެރޭގައި ކުރީގެ ރައީސުންނާއި ، މަޖްލިސް މެންބަރުންނާއި ، މިނިވަން މުއައްސަސާތަކުގެ ވެރިންނާ، ގާޒީންނާއި، ފަނޑިޔާރުންނާ، ފުލުހުންނާއި ސިފައިންނާއި އަދި ވިޔަފާރިވެރިން ހިމެނެއެވެ.

ތަހުގީގުތައް އަރާހަމަ ކުރާތީ މި ކަމަށް ލޮޅުން އަރުވާލަން އެތައް ބަޔަކު މަސައްކަތް ދަނީ ކުރަމުންއެވެ. ނަމަވެސް ދައުލަތުގެ ހީވާގި ތަހުގީގުތަކާއި އަދި ޕްރޮސެކިއުޓަރުންގެ ޓީމްތައް ދަނީ ބަދަހިކަމާއެކީ މަސައްކަތް ކުރަމުންނެވެ. މިފަދަ ބޮޑު މައްސަލައެއްގައި ނަތީޖާ ނެރެން ދުވަސް ނަގާނެއެވެ. ނަމަވެސް މިދާ ސްޕީޑްގައި ދެން އޮންނާނީ ފާހަގަވި ބައެއް އެސެޓްތައް ނެގުމާއި ފައިސާ ހުރި އެކައުންޓްތައް ފްރީޒްކޮށް އިތުރައް މިކަމުގައި ބައިވެރިވި އަދި މަންފާ ލިބުން ފަރާތް ތަކާއި ސުވާލުކޮށް އަދި ދައުވާ ކުރުން ކަމަށް ބެލެވެއެވެ.ކޮންމެ ގޮތެއްވިޔަސް މިސަރުކާރުން މިމައްސަލަ ކޮޅެއްގައި ޖައްސާނެކަން ދަނީ ސާބިތުކޮށް ދެމުންނެވެ.

ދެންއުފެދޭ ސުވާލަކީ އަދީބު އެއްބާރުލުން ނުދިންނަމަ ދެންވާނީ ކިހިނެތްތޯއެވެ؟ އަދި ދައުލަތުން  މިހެދި އެގްރީމެންޓަކީ ރަނގަޅު އެގްރިމެންޓް އެއްތޯއެވެ؟

އަދީބު އެއްބާރުލުން ނުދިންނަމަ 2018 ނިމުން ހުރި ހެކިތައްނޫން އެހެން ހެކިތަކެއް ނޯންނާނެއެވެ. އެހެނީ ބޭރުގައި ތިބި މީހުން އަތުގައި ހުރި ހެކިތަކާއި، އެމީހުންގެ ހެކިބަހާ އަދި އަދީބުގެ ފޯންތަކާ ހުރިހާ މެސެޖްތަކަކީ ކޯރޓްގައި ބޭނުން ކުރެވޭނެ ހެކިތަކަކަށްވީ އަދީބު ދިން އެއްބާރުލުމުންނެވެ. އަދި ތަހުގީގަށް އަދީބު ކިޔައިދިނުމުން ނޫނީ ނޭންގޭނެ އެތައް މައުލޫމާތެއް ތަހުގީގަށް ލިބި މިސަރުކާރުން ވަނީ އެމް.އެމް.ޕީއާރު.ސީ ގެ މުޅި މައްސަލަ އެއްކޮށް ސޯލްވް ކޮށްފިކަން މީގެ ކުރިން ޕޮލިސް އެ.ސީ.ޕީ ރިޔާޒް 2019 އިގެ ފަހުކޮޅު ދެއްވި ޕްރެސް ކޮންފަރަންސް އިން ސާފުވެއެއެވެ. އަދި ދައުލަތުން ހެދި އެގްރިމެންޓަކީ އަދި އަދީބު ދިން އެއްބާރުލުން ރަނގަޅުކަމާ ޖަސްޓިފައިބަލް ކަން އެނގެނީ އަދީބު ކިޔައިދިން ގޮތައް ތަހުގީގު ކުރުމުން އެފައިސާ ލިބުން ފަރާތް ތަކުގެ އެކައުންޓް ތަކާ އަދި ހޯދާފައިވާ އެސެޓްތައް ދަނީ ފެންނަމުންނެވެ. އަދި ނުހައްގުން އަދި ނުއަގުގައި ހޯދި ރައްތައް ވެސް ވަނީ ސާފުވެފައެވެ. ދައުލަތައް މިފައިސާ ހޯދޭނެ ކަން ކަށަވަރުވަނީ މިހާރުވެސް ކޯރޓްގައި މިފައިސާ ހޯދުމަށް 40 މިލިއަން ޑޮލަރެއްހައި މައްސަލަ އޮތް އިރު މިތަނުން ދެރަށް ސަރުކާރަށް ގާނޫނީ ގޮތުން ނެގިޔަސް ދައުލަތައް ގެއްލުނު ފައިސާ އަށް ވުރެ އިތުރައް ވެސް ލިބޭނެއެވެ. މިހުރިހާ ކަމަކީ އަދީބު ދިން އެއްބާރުލުމާއި ސަރުކާރުން ހެދި އެގްރިމެންޓްގެ ނަތީޖާއެވެ.

މިސަރުކާރުން ސިޔާސީ ވަކިބަޔަކަށް ޓާރގެޓްނުކޮށް ވަކި ފިކުރަކަށް ނުބަލާ އެންމެންގެ މައްޗަށް އިންސާފު ގާއިމު ކޮށްދޭން ދަނީ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ވަކިމީހެއްގެ ބޮލައް އެކަން ކަނޑާލާ އަދި އަދީބު އަތުން އެކަނި 3 ބިލިއަން ރުފިޔާ ހޯދަން ހުކުމް ކޮށް އަދީބާއި ހަމައިން މިކަން ނިންމާލުން ވެގެންދާނީ ބޮޑު ޖޯކަކަށެވެ.

އަދީބު އާއި ދައިލަތުން ވެފައިވާ އެގްރިމެންޓްގައި ވަނީ ގެއްލުނު ފައިސާ ދައުލަތައް އަނބުރާ ހޯދަން ދައުލަތާއި އެކީގައި މަސައްކަތް ކުރަން ޝަރުތު ކޮށްފައި ކަމަށާއި އަދި އެގޮތަށް ކުރިޔައް ގެންދާނެކަމަށް ޝަރީއަތުގައި އަދީބު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 60%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: