ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީން ގެނައުމަށް އެޕްރޫވަލްއަށް އެދޭއިރު، އެމީހަކު ބަހައްޓާނީ ކޮންތާކުކަން ސާބިތުކޮށްދޭން ޖެހޭނެ: އިކޮނޮމިކް މިނިސްޓްރީ

ޝެއާރކޮށްލާ ކަހަލަދޯ؟

ވޯކް ޕަރމިޓް ވިސާގައި ބިދޭސީއަކު ގެނައުމަށް އެޕްރޫވަލްއަށް އެދުމަށްފަހު، އެމީހަކު ބަހައްޓާނީ ކޮންތާކުކަން ސާބިތުކޮށްދޭންޖެހޭނެކަމަށް އިކޮނޮމިކް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ މަރިޔަމް ނާޒިމާ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ސަރުކާރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނާޒިމާ ވިދާޅުވީ، ކުރިން އުސޫލުތައް ހުރި ގޮތުން ބިދޭސީން ގެނައުމުގައި އަމަލުކުރަންޖެހޭ މާ ހަރުދަނާ އުސޫލުތަކެއް ނުހުންނަ ކަމަށެވެ. އަދި ގަވާއިދެއް އޮތް ކަމުގައިވިޔަސް ބިދޭސީންގެ ކަންކަމުގައި ވިޔަފާރިތަކަށް ފަހިކޮށްދޭންޖެހޭ ކަންކަމުގެ ތެރެއިން ގަވާއިދަށް ބަދަލުތަކެއް އަންނަ ކަމަށެވެ. އަދި އާންމުން މިބަދަލުތަކަށް އަހުލުވެރިނުވާތީ، ކަންކުރަންޖެހޭ ގޮތް ސާފުނުވާ ކަމަށާއި، އާންމުންގެ ގިނަ ސުވާލުތަކެއް ހުންނަ ކަމަށެވެ.

ބިދޭސީން ރާއްޖެގައި ވަޒީފާ އަދާކުރުމާބެހޭގޮތުން ގަވާއިދެއް އަލުން އެކުލަވާލާފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ނާޒިމާ ވިދާޅުވީ މީގެ ކުރިން މިނިސްޓްރީގެ ތެރޭގައި އުސޫލުތަކެއް ހުރިކަމުގައިވިޔަސް، އެކަންކަން އާންމުންނަށް ސާފުވެފައިނުވާ ކަމަށެވެ. އަދި ބިދޭސީން ގަވާއިދާ ޚިލާފަށް އުޅުނީމަ ވާނެ ގޮތެއް ބަޔާންކޮށްފައިނުވާ ކަމަށާއި އެމީހުން އަމަލުކުރަންޖެހޭ ގޮތެއްވެސް އެކުލަވާލާފައި ނޯންނަކަމަށް ވިދާޅުވިއެވެ.

ޖިއޮގްރަފިކަލީ ރާއްޖެ އޮންނަ ގޮތުން، ރިޒޯޓަކަށޭ ކިޔާފަ ގެނެސް އެބަހުރޭ ދަނޑުވެރިކަމަށް ނޫނީ މަސްވެރިކަމަށް ނަގާފަ ހުންނަ ފަޅު ރަށެއްގައި ބަހައްޓާފަ. ބައެއް މީހުންނަކީ ބައެއް ކަހަލަ ކާއެއްޗެހި ނުކާ މީހުން. މިސާލަކަށް މަސް ނުކާ މީހުންވެސް އުޅޭ. އެހެންވީމަ، އެމީހުން އަންނަ އިރު އެމީހުންނަށް އެނގެންޖެހޭ މިދަނީ ކޮންތާކަށްކަން، ކިހާ މުއްދަތަކަށްކަން. ވަޒީފާ ސެކިޔުރިޓީ ކަށަވަރުކޮށް، އޭނާއަށް ލިބެންޖެހޭ މުސާރަވެސް އޭނައަށް އެނގެންޖެހޭ.

އެމީހާ ރާއްޖެއަށް އައުމުގެ ކުރިން މިކަންކަން އޭނައަށް އެނގެންޖެހޭ. މިކަންކަން އަޅުގަނޑުމެން ބަޔާންކޮށްފައިވާނެ ބިދޭސީ މީހާ ރާއްޖެ ގެނައުމުގެ ކުރިން އަޅުގަނޑުމެން ދޫކުރާ އެޕްރޫވަލްގައި.

ބިދޭސީންނަށް ކޯޓާ ދޫކުރުމުގައި، އެސްލޮޓްތައް ހޯދުމުގައި އަމަލުކުރަންޖެހޭ ކަންތައްތަކެއް ހުންނަ ކަމަށް ވިދާޅުވިއެވެ. އެގޮތުން ފިހާރައަކަށްނަމަ މިނިސްޓްރީއިން ބަލާނެ ވަކި ކަންތައްތަކެއް ހުންނަ ކަމަށާއި، ހަމަ މިގޮތަށް މަސް ބަންދުކުރާ ނުވަތަ ފެން ބަންދުކުރާ ކާރުޚާނާއެއްގައި މަސައްކަތްކުރުމަށް ބިދޭސީން ގެންނަނަމަ، އަމަލުކުރާނެ އުސޫލުތައް ތަފާތުވާނެ ކަމަށެވެ. އިންޑަސްޓްރީ އާއި، އިންޑަސްޓްރީގެ ތެރެއިން ގޮފި ފަޅާފަ ހުންނަ މަސައްކަތްތަކާއި، އެމަސައްކަތްތަކުގެ ތެރެއިން ބިދޭސީން ގެނެވޭނީ ކޮންކަހަލަ ވަޒީފާތަކަކަށްތޯ ބަލަމުންދާނެ ކަމަށް ވިދާޅުވިއެވެ.

ބިދޭސީން ބޭތިއްބުމުގައިވެސް އަމަލުކުރަންޖެހޭނެ އުސޫލުތަކެއް އެކުލަވާލާފައިވާ ކަމަށާއި އެގޮތުން މަދުވެގެން ކޮންމެ ދިހަ މީހަކަށް ފާހަނައެއް ހުންނަން ޖެހޭނެ ގޮތަށް އުސޫލު އެކުލަވާލާފައިވާ ކަމަށް ވިދާޅުވިއެވެ. މިކަން ވެގެންދާނީ މިހާރު ބިދޭސީން ގެންގުޅޭ މީހުންނަށް ބޮޑު ގޮންޖެހުމަކަށްކަމަސް ނާޒިމާ ވިދާޅުވިއެވެ.

އެކޮމޮޑޭޝަން ހަމަޖައްސާނަމަ، މިހާރު އަަމަލުކުރަން މިޖެހެނީ ބުކިން ޑޮޓް ކޮމް ގައި ރަޖިސްޓްރީވާންޖެހޭ ފަދަ އުސޫލަކަށް. މާނައަކީ މީހަކު ގެނެސްފައި، އެމީހަކު ބަހައްޓާނެ ގެއަކާއި، އެގޭގެ ފަންގިފިލާއާއި އަދި އެމީހާ ނިދަން ޚާއްސަކޮށްފައިވާ އެނދު އެނގެންޖެހޭނެ. އޮންލައިންކޮށް ރަޖިސްޓްރީކުރީމަ އެނގޭނެ އެއެނދު ހުސްވިޔަސް އެނގޭނެ. އަދި ބަޔަކު ތަނެއްގައި ބައިތިއްބާނަަމަ، އެތަނެއްގެ ބޭރުން އެތަނުގައި ތިބި ބަޔަކާއި ތަފްސީލް އެނގޭގޮތަށް ހުންނަންޖެހޭނެ

އަލުން އެކުލަވާލި ގަވާއިދުގައި ކޯޓާ ދޫކުރުމުގައި ބަލާނެ އުސޫލުތަކެއް ކަނޑައަޅާފައިވާނެ ކަމަށާއި، ސަބަބަކީ މީގެ ކުރިން ބިދޭސީންނާއި ގުޅުންހުރި އެއްވެސް ތަފާސްހިސާބެއް އެކުލަވާލާފައި ނެތުމުން ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާތީ ކަމަށެވެ. މިކަން ފާހަގަވެގެންދިޔައީ ކޮވިޑް-19ގެ ހާލަތުގައި ކަމަށާއި، އެއްވެސް ކަހަލަ ތަފާސްހިސާބެއް ނެތުމުން ފިޔަވަޅެއް އެޅުމަށް ގޮންޖެހުންތަކެއް ކުރިމަތިވިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: