ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެތަކެއް މޯގޭޖްކޮށް އޮޅުވާލައިގެން ލޯނު ނެގި ދެމީހަކު ހޯދަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ތިން ގޯތި މޯގޭޖް ކުރުމަށްފަހު، އެ އަމިއްލަ ބޭނުމެއްގައި ލޯނެއް ނަގާފައިވާކަމަށް ތުޙުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ފުލުހައް ހާޒިރުކުރުމަށް ދެ މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އިއުލާން ކޮށްފައިވަނީ ކ. މާލެ/ ދަފްތަރު ނަންބަރު 6562، ހުސައިން ނަޞީރު (50އ) އާއި، ކ. މާލެ/ ދަފްތަރު ނަންބަރު 6630، އާމިނަތު ލަޠީފާ (48އ)އެވެ.

ފުލުހުން ބުނީ މި ދެމީހުން ހޯދަނީ މާލެއިން ގޯއްޗަކާއި  ވިލިމާލެއިން ދެގޯއްޗެއް އިމާރާތް ކޮށްދޭނެކަމަށްބުނެ އޭ ބޮސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި އޮޅުވާލައިގެން މޮރިޝަސް ކޮމާޝިއަލް ބޭންކުގައި އެ ތިން ގޯތި މޯގޭޖް ކުރުމަށްފަހު، އެ ކުންފުނީގެ އަމިއްލަ ބޭނުމެއްގައި ލޯނެއް ނަގާފައިވާކަމަށް ތުޙުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ކަަމަށެވެ.

ފުލުހުންގެ އިކޮނޮމިކް ކްރަައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މި މައްސަލާގެ ތަހުގީގަށް މި ދެ މީހުން ހާޒިރުކުރުމަށް އިއުލާން ކޮށްފައިވަނީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: