ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރުގެ މައްސަލައިގައި އަޅުގަނޑުގެ މައްޗަށް ދައުވާ ނުކުރާނެކަން އޭސީސީން އަންގައިފި: ޑރ ޝާހު

ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ ޝާހު އަބްދުﷲ މާހިރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހާއި ގުޅިގެން ރާއްޖެއަސް ގެންނަން ނިންމި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) ކުރިއަށް ގެންދިޔަ ތަހުގީގަށް ފަހު ދައުވާ ކުރަން ފޮނުވި ބޭފުޅުންގެ ތެރޭގައި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ ޝާހު އަބްދުﷲ މާހިރު ނުހިމެނޭކަން އޭސީސީން ޑރ ޝާހު އަށް އަންގައިފިއެވެ.

ކޮވިޑް 19 އާއި ގުޅިގެން ރާއްޖެއަށް ގެންނަން ނިންމި ވެންޓިލޭޓަރުތައް ގެނައުމަށް ބަޔަކާއި ހަވާލު ކުރުމުގައި ކޮރޮޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތުގައި އޭސީސީއިން ކުރިއަށް ގެންދިޔަ ތަހުގީގު ނިންމައި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީގެ ފަރާތުން މައްސަލަ ޕީޖީގެ އޮފީހަށް ފޮނުވާފައި ވަނީ މިއަދުއެވެ. އަދި އޭސީސީއިން ކުރިއަށް ގެންދިޔަ ތަހުގީގާއި ގުޅޭ ރިޕޯޓް އެ ކޮމިޝަނުން މިހާރު ވަނީ އާންމުކޮށްފައެވެ.

އޭސީސީއޮން ކުރި ތަހުގީގަށް ފަހު ކޮމިޝަންގެ ރިޕޯޓް އާންމު ކުރުމާއި ގުޅިގެން “ސަންގު” އާއި ވާހަކަ ދައްކަމުން ޑރ ޝާހު ވިދާޅުވީ ކޮވިޑާއި ގުޅިގެން ރާއްޖެއަށް ގެންނަން ނިންމި ވެންޓިލޭޓަރުތައް ގެނައުމަށް ބަޔަކާއި ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް އޭނާ ހިންގާފައި ނުވާކަން އޭސީސީއިން ކުރިއަށް ގެންދިޔަ ތަހުގީގުން ސާބިތުވެފައިވާކަން ކޮމިޝަންގެ ފަރާތުން އޭނާއަށް އަންގާފައިވާ ކަމަށެވެ. އަދި އެކަމުގެ ލިޔުން ވެސް ކޮމިޝަންގެ ފަރާތުން އޭނާއާއި ހަވާލު ކޮށްފައިވާ ކަމަށް ޑރ ޝާހު ވިދާޅުވިއެވެ.

ކޮވިޑާއި ގުޅިގެން ވެންޓިޅޭޓަރުތައް ރާއްޖެ ގެނައުމަށް ބަޔަކާއި ހަވާލު ކުރުމުގައި ހިނގި ކޮރޮޕްޝަންގައި ޑރ ޝާހުގެ ބައިވެރިވުމެއް އެއްވެސް މިންވަރަކަސް ނެތް ކަމަށް އޭސީސީއިން ޑޜ ޝާހު އަންގާފައިވާއިރު މައްސަލައާއި ގުޅިގެން މީގެކުރިން ޑޜ ޝާހު ވަނީ ބަޔާނެއް ވެސް ނެރުއްވާފައެވެ.

އެގޮތުންޑރޝާހުނެރެއްވިބަޔާނުގައިވިދާޅުވެފައިވަނީ ދުބާއީގެ ކުންފުންޏާއި ހަވާލުކޮށްގެން ރާއްޖެ ގެންނަން ނިންމި 75 ވެންޓިލޭޓަރާއި މެދު އޭނާ ސުވާލު އުފެއްދި ކަމަށާއި، އަދި ކުންފުނިން ގެނައި 10 ވެންޓިލޭޓަރު އެއީ ބޭނުން ނުކުރެވޭނެތަކެތިކަން ކަމާއި ބެހޭ އިދާރާތަކަށް އެންގީ އޭނާ ކަމަށެވެ.

ޑރ ޝާހު ވިދާޅުވެފައި ވަނީ ދުބާއީ ކުންފުންޏަށް ވެންޓިލޭޓަރުތައް ދިނުމަށް މިނިސްޓްރީގެ ބިޑު ކޮމިޓީން ނިންމާފައިވާ، ނިންމުންތަކުގެ އެއްވެސް މަރުހަލާއެއްގައި އޭނާ ބައިވެރިވެފައި ނުވާނެ ކަމަށެވެ. އަދި އެއްވެސް މިންވަރަކަށް ބިޑު ކޮމިޓީގެ މެމްބަރެއްގެ ގޮތުން ވިޔަސް އަދި އެ ނޫންގޮތަކަށް ވިޔަސް ބައިވެރިވެފައި ނޯންނާނެ ކަމަށް ޑރ ޝާހު ވިދާޅުވިއެވެ. ޑރ. ޝާހު ވިދާޅުވީ ކޮމިޓީގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ އަދި ލިޔެކިއުންތައް ބެލުމުން ވެސް، އެކަން ހާމަވާނެ ކަމަށެވެ.

ޑރ. ޝާހު ވިދާޅުވެފައި ވަނީ، ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމަށް ދުބާއީގެ ކުންފުންޏަކާއި ހަވާލު ކުރި ހިސާބުން ފެށިގެން އެކަމާއި މެދު އެތައް ސުވާލެއް އުފައްދާ އެކަން ކަމާއި ގުޅުން ހުރި ފަރާތްތަކާއި ހިއްސާ ކުރި ކަމަށެވެ. އަދި ދުބާއީ ކުންފުންޏާއި އެކު އެއްބަސްވީ 75 ވެންޓިލޭޓަރެއްގެ ތެރެއިން 10 ވެންޓިލޭޓަރެއް ހެލްތް މިނިސްޓްރީއަށް ލިބުމުން އެ ވެންޓިލޭޓަރުތައް ކަމުނުދާކަމާއި، އެ ވެންޓިލޭޓަރުތަކަކީ އެއްބަސްވުމާއި ހިލާފަށް ފޮނުވާފައިވާ ވެންޓިލޭޓަރުތަކެއްކަމަށް ހެލްތް މިނިސްޓްރީގެ ބަޔޯ މެޑިކަލް ޓީމުން ބުނުމުން، އެކަން ކަމާއި ބެހޭ ފަރާތތަކުގެ ސަމާލުކަމަށް ގެނައިކަމަށެވެ. ޑރ. ޝާހު ވިދާޅުވީ ވެންޓިލޭޓަރުތައް ބެލިއިރު، އެއީ އެއްވެސް ގޮތަކަށް ޝަރުތު ހަމަވާ ވެންޓިލޭޓަރުތަކެއް ނޫން ކަމަށާއި އެ ވެންޓިލޭޓަރުތަކުގެ ކޮލިޓީ ބަލާ، އެއީ ބޭނުން ކުރެވޭ ވަރަށް ވުރެ ދަށްތަކެތިކަން ހެލްތް މިނިސްޓަރ އަބްދުﷲ އަމީންއަށް ވެސް ދެންނެވި ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: