ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެސްޓު ހައުސް ހިންގާ ރަށްތަކުގައި މާސްކު ބަހަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ގެސްޓްހައުސް ހިންގާ ރަށްރަށުގެ ރައްޔިތންނަށް މާސްކް ބަހަން ނިންމައިފިއެވެ.

ގެސްޓު ހައުސްތައް މާދަމާ ހުޅުވާލާއިރު ގެސްޓްހައުސް ވިޔަފާރިކުރާ ރަށްރަށުގެ ރައްޔިތުންނަށް މާސްކް ހަދިޔާކުރަން ނިންމާފައިވަނީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ.) ގެ އެހީތެރިކަމާއި އެކުގައެވެ. އެގޮތުން ޔޫއެންޑީޕީ އިން ވަނީ ނޮން ސާޖިކަލް މާސްކު ހަދިޔާކޮށްފައެވެ.

އެ މާސްކުތައް ބެހުމަށް ހަމަޖެހިފައި ވަނީ ރަށްރަށުގެ ކައުންސިލްތައް މެދުވެރިކޮށެވެ.

މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ގެސްޓު ހައުސްތައް ހުޅުވާއިރު އެރަށްތަކުގައި ދިރިއުޅޭ މީހުން މާސްކު އަޅަން ޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: