ޓުއަރިޒަމް މިނިސްޓްރީން އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައި ބަދުއަޚްލާގީ މަންޒަރުތަކެއް ދެއްކި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ ޓުއަރިޒަމް މިނިސްޓްރީން ބޭއްވި އޮންލައިން މީޓިންއެއްގައި ބައިވެރިވި މީހަކު ބަދުއަޚްލާގީ މަންޒަރުތަކެއް ދެއްކި މައްސަލައެއް ފުލުހުންނަށް މިއަދު ހުށައަޅާފައިވާކަމަށެވެ.
އެ މައްސަލަ ފުލުހުން ތަޙްޤީގުކުރަމުން އަންނަކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
އެނގިފައިވާ ގޮތުގައި، ބޭރުގެ އިންވެސްޓަރުންވެސް ބައިވެރިވި އެ ބައްދަލުވުމުގައި ބަރަހަނާ މަންޒަރުތަކެއް އަޅުވާފައިވަނީ ”ނިޔާޒު“ ގެ ނަމުގައި ބައިވެރިވި މީހެކެވެ.

