ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިސްޓިރިބިއުޝަން ނެޓްވޯކަށް މައްސަލައެއްދިމާވެ، އަނެއްކާވެސް މާލެއިން ކަރަންޓު ކެނޑިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ދިމާވި މައްސަލަ ހައްލުކޮށް މާލޭގެ ބޮޑު ބަޔަކަށް ކަރަންޓު ދީފައި ވަނިކޮށް ޑިސްޓިރިބިއުޝަން ނެޓްވޯކަށް މައްސަލައެއްދިމާވެ، އަނެއްކާވެސް މާލެއިން ކަރަންޓު ކެނޑިއްޖެއެވެ.

ސްޓެލްކޯއިން ބުނީ ދިމާާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް މާލޭގެ 80 ޕަސެންޓަށް ކަރަންޓު ދެވިފައިވަނިކޮށް ޑިސްޓިރިބިއުޝަން ނެޓްވޯކަށް މައްސަލައެއްދިމާވެ، އަނެއްކާވެސް ކަރަންޓު ކެނޑިފައިވާ ކަމަށެވެ.

މި މައްސަލަވެސް ހައްލުކޮށް މިހާރު މިގެންދަނީ އަލުން ކަރަންޓު ދެމުން. މުޅި މާލެއަށް ކަރަންޓު ދެވޭނެ ކަމަށް ލަފާ ކުރެވެނީ ގަޑިއެއްހާާއިރު ތެރޭ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

“ދިމާވާނެ ދަތިތަކަށް އަދިވެސް އެއްފަހަރު މާފަށް އެދެން.” ސްޓެލްކޯއިން ބުނެއެވެ.

މުޅި މާލެއިން މިއަދު ކަރަންޓު ކަނޑައިގެން ގޮސްފައިވަނީ ހެނދުނު 08:30 ހާއިރު އެވެ. އެއަށްފަހު ބައެއް ސަރަހައްދުތަކަށް ކަރަންޓު އައުމަށްފަހު ވަނީ އަލުން ގޮސްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: