ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ފްލައިން ސުކޫލްއިން ވަކި ކުރި ކުދިން އަލުން ވައްދައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީ ހުންނަ ފްލައިން ސްކޫލުގައި ކިޔަވަމުންދިޔަ ހަތަރު ދަރިވަރަކު ވަކި ކުރަން ނިންމި ނިންމުން ސްކޫލުން ބަދަލް ކޮށްފިއެވެ.

މިއަދު އެ ހަތަރު ދަރިވަރުންނަށް ފޮނުވި މެއިލެއްގައި ސްކޫލުން ވަނީ އެ ނިންމުން އިތުރަށް ރިވިއު ކުރުމުގެ ގޮތުން އެ ނިންމުމަށް އަމަލުކުރުން މިވަގުތަށް ސަސްޕެންޑުކޮށްފައިވާ ކަމަށް ބުނެފައެވެ.

މި ހަތަރު ދަރިވަރުން ވަކިކޮށްފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި އެ ދަރިވަރުންނަށް ސްކޫލްގެ ފަރާތުން ފޮނުވި މެއިލް އަކުންނެވެ.

އެ ހަތަރު ދަރިވަރުން ވެސް ވަކިކުރީ އެއް  ސަބަބުތަކެއްގައި ކަމަށްވާއިރު އޭގެތެރޭގައި ފަރުވާކުޑަވުމާއި، ގަބޫލުކުރެވޭ ވަރަށް އެ ދަރިވަރުންނަށް ކުރިއެރުން ނައުން ކަމަށް  ބުނެފައިވެއެވެ.

ހަތަރު ދަރިވަރުން ވަކިކުރަން ނިންމި ނިންމުމާ ގުޅިގެން ސްކޫލްގެ ކަންކަން ރަނގަޅުކުރުމަށް އިސްނަގާފައިވާ އޭއޭއޭގެ ދަރިވަރުންގެ ޔޫނިއަނުން ވަނީ އެ ހަތަރު ދަރިވަރުންނަކީ ވެސް ޕާފޯމެންސް ރަނގަޅު ދަރިވަރުން ކަމަށާއި މިއީ ހަސަދައެއް ފިލުވާލުމުގެ ނިޔަތުގައި ކުރި ކަމެއް ކަމަށް ބުނެފައެވެ..

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: