ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫއަށް ދިމާވެފައިވާ މައްސަލަތައްް ހައްލުކޮށްދޭނަން: ރައީސް ސާލިހު

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި އައްޑޫސިޓީ ކައުންސިލުން ވަނީ އައްޑޫ ސިޓީއަކީ މި ސަރުކާރުން އެންމެ ގިނަ ތަރައްގީގެ މަޝްރޫއުތައް ހިންގާ އެއް ސިޓީކަން ފާހަގަކުރައްވާފަ އެވެ.

އައްޑޫސިޓީގެ ކައުންސިލުން ވަނީ އައްޑޫގެ ތަރައްގީއާ ގުޅޭ ކަންކަމުގެ އެންމެ ފަހުގެ މައުލޫމާތާއި ހުރި ބައެއް ކަންބޮޑުވުންތައް ރައީސް ސާލިހު އާއި ހިއްސާކޮށްފައެވެ. އޭގެތެރޭގައި ކައުންސިލްގެ މަސައްކަތްތައް ހިންގުމުގައި ދިމާވާ ބަޖެޓްގެ ދަތިކަމާއި، ބޯހިޔާވަހިކަމާއި، އުމްރާނިތަރައްގީއާއި އިޖްތިމާއީ މައްސަލަތަކާއި ގުޅޭގޮތުން ކައުންސިލުން ވަނީ ރައީސް އާ މައުލޫމާތު ހިއްސާކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ކައުންސިލްރުން ހުށައެޅި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާއެކު މަޝްވަރާކުރައްވައިގެން އެދެވޭ ހައްލުތަކެއް ހޯއްދަވާދެއްވާނެ ކަމަށް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ.

” އައްޑޫ ސިޓީގެ މަޝްރޫއުތައް އަވަހަށް ނިންމުމަށް ހައްލުކުރަންޖެހޭ ކަންތައްތަކާ ގުޅޭގޮތުން މިއަދު މަޝްވަރާ ކުރެވުނު. އަދި ލާމަރުކަޒީ ގާނޫނުގެ އިސްލާހުތަކާއެކީ ކުރެވުނު ތަޖުރިބާއިން، ކައުންސިލްތައް ހިންގުމުގައި ހަވާލުކުރަންޖެހޭ ކަންތައްތަކެއް ހުރިކަން އަޅުގަނޑުމެންނަށް ފާހަގަވި” ރައީސް ސާލިހު

އައްޑޫ ސިޓީގައި ހުރި މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމާށް ރައީސް ސާލިހު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާއިރު އެ ސިޓީގެ މައްސަލަތައް ހައްލު ނުވުމުގެ ޝަކުވާ ރައްޔިތުންގެންދަނީ ކުރަމުންނެވެ. އެގޮތުން އެރަށުގެ މަގުތައް ހަދާގޮތާއި ހިތްހަމަ ނުޖެހިގެން އެ މަގުތައް ހަދާ ނިމޭއިރު ބިރުވެރިކަމަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށް މީގެ ކުރިން އައްޑޫގެ މޭޔަރު އަލީ ނިޒާރުވަނީ ވިދާޅުވެފައެވެ. ނިޒާރު އެހެން ވިދާޅުވެފައިވަނީ އައްޑޫގެ އާއްމު ރައްޔިތުން މަގުހަދާ ގޮތާއިމެދު ހިތްހަމަ ނުޖެހުންފާޅުކޮށްފައިވާތީއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: