ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިދުރަތުﷲ ގެ ވީޑިއޯއެއް އާންމުކޮށް އެހީއަށް އެދިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

މިމަހުގެ 22 ވަނަ ދުވަހު ރަސްފަންނު ސަރަހައްދު މޫދުން މަރުވެފައި އޮއްވާ ފެނުނު މުހައްމަދު ސިދުރަތުﷲ އަހްމަދު އެންމެ ފަހުން ފެނިފައިވާ ސީސީޓީވީ ފޫޓޭޖް އާންމުކޮށް، ހާދިސާ އާއި ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް އާންމުންގެ އެހީއަށް އެދިއްޖެއެވެ.

ސިދުރަތުﷲ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އާއި 10:00 އާ ދެމެދު ރަސްފަންނު މޫދާ ދިމާއަށް ދަނިކޮށެވެ.

އެހެންކަމުން އެ ދުވަހުގެ އެ ވަގުތުގައި ސިދުރަތުﷲ އާއި ބައްދަލުވި ނުވަތަ ފެނުނު މީހަކު ވާނަމަ ނުވަތަ މަރުގެ މި ހާދިސާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ އިމަޖެންސީ ނަންބަރު 119 ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެހީތެރިކަމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ވަރަށް ގަދަ
36%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 27%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 36%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: