އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ދެންމެ ރާއްޖެ ވަޑައިގެންފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މައިކް ޕޮމްޕެއޯއަށް މަރުޚަބާ ވިދާޅުވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދާއި، ދިވެހި ސަރުކާރުގެ އިސްބޭފުޅުންނެވެ.
މި ދަތުރުގައި، އެމެރިކާ އިން ރާއްޖެ އަށް އަސްކަރީ އަދި މާލީ އެހީތެރިކަމުގެ ޔަގީންކަން ދިނުމާއެކު ގުޅުން ބަދަހިކުރުމުގެ ރަސްމީ މަޝްވަރާތައް އޮންނާނެ އެވެ.
މި ދަތުރުފުޅުގައި ޕޮމްޕޭއޯ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއެކު ރަސްމީ މަޝްވަރާތައް ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ރާއްޖެ އަކީ ޕޮމްޕެއޯގެ މި ދަތުރުގެ ތިން ވަނަ މަންޒިލެވެ. އޭނާ ވަނީ އިންޑިއާ އާއި ސްރީ ލަންކާ އަށް ވަޑައިގެންފަ އެވެ. ރާއްޖެއަށް ފަހު ދެން ޕޮމްޕެއޯ ވަޑައިގަންނަވާނީ އިންޑޮނީޝިއާއަށެވެ.

