ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި އެމެރިކާ އެމްބަސީއެއް ހުޅުވަން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ އެމްބަސީއެއް ދިވެހިރާއްޖޭގައި ހުޅުވަން ނިންމައިފިއެވެ.

އެމެރިކާގެ ރެސިޑެންޓް އެމްބަސީއެއް ދިވެހިރާއްޖޭގައި ހުޅުވަން ނިންމިކަން އިއުލާން ކޮށްފައި ވަނީ، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ރާއްޖެއަށް މިއަދު ވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުއާއެކު ރައީސް އޮފީހުގައި މިއަދު މެންދުރު ފަހު ކުރިއަށް ގެންދެވި މަޝްވަރާތަކަށް ފަހުގައެވެ.

ރައީސް އޮފީހުން ބުނީ އެކަމުން ރަމްޒު ކޮށްދެނީ ދެ ގައުމުގެ ބަދަހިވަމުންދާ ގުޅުމުގެ ގާތް ކަން ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދިވެހިންނަށް އެގައުމުގައި މަތީ ތައުލީމު ހާސިލު ކުރުމަށާއި އެމެރިކާ ރައްޔިތުންނަށް ރާއްޖެ އައުމަށް ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެމެރިކާގެ އެމްބަސީ އެއް ހުޅުވަން ނިންމާފައިވާއިރު ދާދިފަހުން އިނގިރޭސިވިލާތުގެ އެމްބަސީއެއް ވެސް ރާއްޖޭގައި ވަނީ ހުޅުވައިފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: