ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައެއް ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ބީއެމްއެލް އިން ކުޑަކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސްގެ އިން ދޫކުރާ ޕަރސަނަލް އަދި ހައުސިން ލޯނާއި ފައިނޭންސިންގެ އިންޓްރެސްޓް ރޭޓް އަދި ޕްރޮފިޓް ރޭޓް އަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.

ބީއެމްއެލް އިން ބުނީ މިއަދު ގެނެވުނު ބަދަލާއެކު  ލުއި އެކްސްޕްރެސް ލޯނުގެ ރޭޓް 15 ޕަސެންޓަށް ކުޑަކޮށްފައިވާ ކަމަށެވެ.

އަދި ޝަރުތު ހަމަވާ ކަސްޓަމަރުންނަށް އެއްވެސް ރަހުނަކާ ނުލައި 300،000 ރުފިޔާއާ ހަމަޔަށް ލޯނު ލިބޭނެ ކަމަށް ބީއެމްއެލްލ އިން ވިދާޅުވިއެވެ.

އަދި ގަވައިދުން މުސާރަ ނުލިބޭ ފަރާތްތަކަށް ދޫކުރަމުންދާ ލުއި މައިކްރޯ ލޯންގެ ރޭޓްވެސް 12 ޕަސެންޓަށް ކުޑަކޮށްފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

އަދި މީގެ އިތުރުން ލައިފްސްޓައިލް ލޯނުވެސް ރަހުނަކާ ނުލައި މިހާރު 15 ޕަސެންޓު އިންޓްރެސްޓް ރޭޓްގައި ލިބޭނެކަމަށާއި މިގޮތުން 300،000 ރުފިޔާ އަށް ހަމަޔަށް ލޯނު ދޫކުރެވޭނެ ކަމަށް ބީއެމްއެލް އިން ހާމަކުރެެވެ.

300،000 ރުފިޔާއިން ފެށިގެން 5.1 މިލިއަން ރުފިޔާއާ ހަމަޔަށް ލޯނު ބޭނުންވާ ފަރާތްތަކަށް ކުރިއެކޭ އެއްގޮތަށް ރަހުނަކާއެކު 12 ޕަސެންޓުގައި އިންޓްރެސްޓްގައި ލޯނު ދޫކުރަމުންދާނެ ކަމަށާއި ހައުސިންގ ލޯނު ޕޯރޓްފޯލިއޯ އަށް ބަލާއިރު ވަނީ 10 ޕަސެންޓާއި ހަމައަށް ދަށްކުރެވިފައި ކަމަށް ބީއެމްއެލް އިން ބުނެއެވެ. މި ބަދަލާއެކު މިއީ ރާއްޖޭގެ އެންމެ ކުޑަ އިންޓްރެސްޓް ރޭޓެވެ.

ބީއެމްއެލްގެ ޑިރެކްޓަރ އޮފް ރީޓެއިލް އަދި އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ މިއަދު އާންމުކުރެވުނު ބަދަލުތަކަށް ބަލާއިރު އަގުތައް 15 އިންސައްތަ އަށް ކުޑަކުރެވި، ބޭންކުގެ ލޯނު ޕޯރޓްފޯލިއޯ ހެޔޮ ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 84%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 5%ވަރަށް ދެރަ 11%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އިތުރަށް ލޯނު ނަގުވާ ރައްޔިތުން މަޅީގައި ޖައްސަން ހެދި ދަންތުރައެއް މީ. ހެޔޮ ނިޔަތެއް އޮވެގެން ކުރާނަމަ މިހާރު ނަގާފަ ހުރި ލޯނުތަކުގެ އިންޓަރެސްޓް ވެސް ކުޑަކޮށްބަލަ. ސަރުކާރު ހިއްސާވެގެން ރައްޔިތުން ފެލާ މެޝިނެއް ތި ބޭންކް އަކީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: