ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި އަންހެނުން ހިތާނުކުރުން ގާނޫނީ ކުށަކަށް ހަދަނީ

އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އަންހެނުން ހިތާނުކުރުމަކީ ގާނޫނީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތް ފަށާފައިވާކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ރޭ ވިދާޅުވެއްޖެއެވެ.

ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގެ ތިންވަނަ ސައިކަލްގައި ރޭ ތަގުރީރު ކުރައްވަމުން އޭޖީ ރިފްއަތު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަންހެނުން ހިތާނުކުރުމަށް އެއްވެސް ވަރަކަށް ތާއީދު ނުކުރާ ކަމަށާއި، އަދި އެކަމަށް ހިތްވަރުވެސް ނުދޭނެ ކަމަށެވެ.

އަދި އެއީ ގާނޫނީ ކުށަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރިއްފަތް ވިދާޅުވިއެވެ.

ރާއްޖޭގައި އަންހެނުން ހިތާނުކުރުމަކީ ގާނޫނީ ކުށަކަށް ހަދަން ނިންމާފައިވާއިރު، ރާއްޖޭގެ އަންހެނުންގެ ތެރެއިން 13 ޕަސެންޓަކީ ޒުވާން އުމުރުގައި ހިތާނު ކޮށްފައިވާ މީހުން ކަމަށް ޔުނިސެފުން ކުރި ދިރާސާއަކުން ވަނީ ދައްކާފައެވެ.

އަންހެންކުދިން ހިތާނުކުރުމަކީ ދީނީ ގޮތުން ކުރުން ރަނގަޅު ކަމެއް ގޮތުގައި ދެކިގެން ރާއްޖޭގައި ވެސް ފުޅާދާއިރާއެއްގައި އެކަން ކުރަމުންދަނިކޮށް އެކަން ނައްތާލެވުނީ 1970ގެ އަހަރުތަކުގެ ތެރޭގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: