ތޫމް ރެސްޓޯރަންޓްގެ ފިލާތަކެއް ވަގަށް ނެގި މައްސަލައާ ގުޅިގެން ދެމީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.
ދެ މީހުންގެ ވީޑިއޯ އާންމުކޮށް ފުލުހުން ބުނީ އެ ދެމީހުންނަކީ ތޫމް ރެސްޓޯރަންޓް ބަންދުކުރުމަށް އެތަނުން ބޭނުންކުރަމުންދާ ފިލާތަކެއް 2020 އޮކްޓޫބަރު 3 ވަނަ ދުވަހުގެ ވަގުތެއްގައި ވަގަށް ނަގާފައިވާކަމަށް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ ދެމީހުން ކަމަށެވެ.
ވީމާ މި ދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެއެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

