ލ.މާވަށު ބަނދަރުގެ މަސައްކަތުގެ 72 ޕަސެންޓު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެގޮތުން މި މަޝްރޫޢުގެ ތެރެއިން ބޭރުތޮށި ރޭނުމުގެ މަސައްކަތުގެ 57 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
މި މަޝްރޫޢަކީ 27.3 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހުއެވެ.

