ކޮވިޑަށް ޓެސްޓު ކުރަމުންދާ އެންޓިބޮޑީ ބޭހެއް ބައެއް ހާލަތްތަކުގައި ބޭނުން ކުރަން އެމެރިކާއިން ވަގުތީ ހުއްދައެއް ދީފި އެވެ.
ވަގުތީ ހުއްދައެއް ދީފައި ވަނީ އެގައުމުގެ އީލައި ލިލީ އެންޑް ކޮމްޕެނީން އުފައްދާފައިވާ ބަމްލަނިވިމަބް ބޭހަށެވެ.
އެ ބޭހުގެ ޓެސްޓުތަކުން ދައްކާ ގޮތުގައި، ކޮވިޑް ބަލީގެ އަސަރު ކުޑަކޮށް ކުރާ މީހުންނަށް އެ ބޭސް ދިނުމުން މީހާ ބަލިން ރަނގަޅުވުން އަވަސްވެއެވެ.
އީލައި ލިލީގެ އަމާޒަކީ އަންނަ އަހަރު އެ ބޭސް އެމެރިކާއިން ބޭރުގައިވެސް ބޭނުން ކުރެވޭ ގޮތަށް، މި އަހަރު ނިމުމުގެ ކުރިން ބޭހުގެ އެއް މިލިއަން ޑޯޒް އުފެއްދުމެވެ..

