ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ދޭން އުޅުނު ޓެރަރިޒަމް ހަމަލާއާ ގުޅިގެން 6 މީހަކު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހަރުކަށި ފިކުރުގެ ބަޔަކު ހިންގަން އުޅުނު ޓެރަރިޒަމްގެ އަމަަލެއް ހުއްޓުވައި މިހާތަނަށް ހަ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ރޭ ބުނީ ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަ ކަމަށް ތުހުމަތު ކުރެވޭ ޓެރަރިރަޒަމްގެ އަމަލެއްގެ މައުލޫމާތު އިންޓަލިޖަންސަށް ލިބިފައިވާ ކަމަށެވެ. އެ މައުލޫމާތާއި ގުޅިގެން އެކަން ހުއްޓުވާ އެ އަމަލު ހިންގަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލާ ގުޅިގެން މާލެއިން އެކަކު، ކަނޑުމަތީގައި އޮތް ދޯންޏަކުން މީހަކު އަދި ތ. ތިމަރަފުށިން ވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިއަދު ބުނެފައިވަނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހެކެވެ. އަދި ތިމަރަފުށީން 31 އަހަރުގެ މީހެއް ހައްޔަރުކޮށްފައިވާއިރު އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހުސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެ އެވެ.

ފުުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ މައްސަލައާއި ގުޅިގެން ފުލުހުން އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: