ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުތަކާއި ގުޅިގެން ހުށަހަޅާ މައްސަލަތައް ބެލުމުގައި އަމަލުކުރާ އިޖުރާޢަތުތަކަށް ބަދަލު ގެނެސްފި

އިލެކްޝަންސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ އީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިޚާބުތަކާ ގުޅިގެން ޝަކުވާ ނުވަތަ މައްސަލަ ހުށަހެޅުމާއި، އެ ކަންކަން ބެލުމުގައި ޢަމަލުކުރާނޭ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދަށް އިލެކްޝަންސް ކޮމިޝަނުން އިސްލާހުތަކެއް ގެނެސްފިއެވެ.

އިންތިޚާބުތަކާ ގުޅިގެން ޝަކުވާ ނުވަތަ މައްސަލަ ހުށަހެޅުމާއި، އެ ކަންކަން ބެލުމުގައި ޢަމަލުކުރާނޭ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދަށް އީސީން ގެނެސްފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުގައި މައްސަލައަކާ ގުޅިގެން ތުހުމަތުގައި ސުވާލުކުރެވޭ މީހާއަށް، ތިމާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މަޢުލޫމާތެއް ނުދީ ހަނުހުރުމުގެ ޙައްޤުގެ ބޭނުން ހިފުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. އަދި އެ ޙައްޤުގެ ބޭނުންހިފާނަމަ، އެ ޙައްޤު އޭނާ އިޚްތިޔާރުކޮށްފިކަން ފާޅުގައި ބުނަންވާނެއެވެ. އަދި އެކަން، ލިޔުމުން ރެކޯޑުކުރަންވާނެ ކަމަށް އިސްލާހުގައި ވަނީ ބުނެފައެވެ.

އީސީން ގެނެސްފައިވާ ދެ ވަނަ އިސްލާހުގައި ބުނެފައިވާ ގޮތުގައި  އިންތިހާބަކާއި ގުޅިގެން ހުށަހަޅާ މައްސަލައަކާ ގުޅިގެން ތުހުމަތުގައި ސުވާލުކުރެވޭ މީހާއަށް، ތިމާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މަޢުލޫމާތެއް ނުދީ ހަނުހުރުމަކީ އެ މީހަކަށް ލިބިގެންވާ ޙައްޤެއްކަން އެ މީހަކަށް އަންގައި، އެ ޙައްޤު ލިބިގަތުމުގެ ފުރުޞަތު އެ މީހަކަށް ދޭންވާނެއެވެ. އަދި އެފަދައިން އޭނާއަށް އެންގުމަށްފަހު، އޭނާ ދައްކާ ކޮންމެ ވާހަކައެއް ވެސް އޭނާއާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް އޭނާއަށް އަންގަންވާނެ ކަމަށް އީސީން ގެނެސްފައިވާ އިސްލާހުގައި ވަނީ ބުނެފައެވެ.

މީގެއިތުރުން އިންތިހާބަކާއި ގުޅިގެން ހުށަހަޅާ .މައްސަލައެއްގައި ސުވާލުކުރެވޭ އެއް ފަރާތުގެ ވަކީލަކަށް ޢައްޔަނުވުމަށްފަހު، އޭނާގެ ވަކީލުކަމުން ތަނާޒުލުވެ، ހަމަ އެ މައްސަލައިގައި ސުވާލުކުރެވޭ އެހެން ފަރާތެއްގެ ވަކީލެއްގެ ގޮތުގައި ޢައްޔަނެއް ނުކުރެވެނެ ކަމަށް އީސީން ގެނަފަސްފައިވާ އިސްލާހުގައި ވަނީ ބުނެފައެވެ.

ިންތިޚާބުތަކާ ގުޅިގެން ޝަކުވާ ނުވަތަ މައްސަލަ ހުށަހެޅުމާއި، އެ ކަންކަން ބެލުމުގައި ޢަމަލުކުރާނޭ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދަށް އީސީން ގެނެައި އިސްލާހުތަކަށް އަމަލު ކުރަން މިހާރު ވަނީ ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: