ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މާއްދީހެކި ވައިގެމަގުން އެއްތަނުން އަނެއްތަނަށް ގެންދިޔުމާބެހޭ އުސޫލެއް ކަނޑައަޅައިފި

މީގެ ކުރިން މާލޭގައި ހިންގި ކާފިއުގެ ވަގުތުގައި ފުލުހުން ޕެޓްރޯލްކުރަނީ. ފޮޓޯ: ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މާއްދީހެކި ވައިގެމަގުން އެއްތަނުން އަނެއްތަނަށް ގެންދިޔުމާބެހޭ ގަވާއިދެއް މޯލްޑިވްސް ޕޮލިސް ސާރވިސް އެކުލަވާލައި އާންމުކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސާރވިސްއިން އެކުލަވާލި މި މި ގަވާއިދަކީ ފުލުހުންގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ށ) އިން ބާރު ލިބިގެން އެކުލަވާލެވިފައިވާ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤުކުރަމުންގެންދާ މައްސަލަތަކުގައި ހިމެނޭ އެންމެހައި މާއްދީހެކި، ލިޔެކިޔުން އަދި އެހެނިހެން ތަކެތި ވައިގެމަގުން އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޢަމަލުކުރާނެ ގޮތުގެ އެންމެހައި އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދެވެ.

ގަވާއިދުގެ މަޤްޞަދަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤުކުރަމުންގެންދާ މައްސަލަތަކާ ގުޅިގެން ތަޙްލީލުކުރުމުގެ ބޭނުމަށާއި އެހެނިހެން ބޭނުންތަކުގައި، މާއްދީހެކި ވައިގެ މަގުން ފޮނުވުމުގައި ޢަމަލުކުރާނެ ގޮތްތަކާއި، ފުލުހުން ތަޙްޤީޤުކުރަމުންގެންދާ އެކިއެކި މައްސަލަތަކުގައި ހިމެނޭ ލިޔެކިޔުންތަކާއި އެހެނިހެން ތަކެތި ވައިގެމަގުން އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި ޢަމަލުކުރާނެ އިޖުރާއަތުތައް ކަނޑައެޅުމެވެ. އަދި މި ގަވާއިދުގެ ދަށުން ފޮނުވޭ ތަކެތި އެއްތަނުން އަނެއްތަނަށް ގެންދިޔުމުގައި އެއް މިންގަނޑެއްގައި ޢަމަލުކުރުމަށް ބާރުއެޅުމާއެކު އެކަން ކަށަވަރުކުރުމަކީ ވެސް މިފަދަ ގަވާއިދެއް އެކުލަވާލުމުގެ މަގުސަދެއް ކަމަށް ވަނީ ބުނެފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެކުލަވާލި މި ގަވާއިދުގައި ބުނެފައިވާ ގޮތުގައި މި ގަވާއިދަށް ޢަމަލުކުރުމުގައި އެއަރލައިން އޮޕަރޭޓްކުރާ ފަރާތް މެދުވެރިކޮށް ކުރުމަށް ކަނޑައަޅާފައިވާ ކަންކަން ކުރުމަށްޓަކައި އަދި އެއަރޕޯރޓް އޮޕަރޭޓްކުރާ ފަރާތާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުމަށްޓަކައި އެފަރާތްތަކާއި މޯލްޑިވްސް ޕޮލިސް ސަރވިސް އާ ދެމެދު މެމޮރިންޑަމް އޮފް އަންޑަރސްޓޭންޑިންގ (ފަހުމުނާމާ) ނުވަތަ އެއްބަސްވުމެއް މި ގަވާއިދާ ތަޢާރަޒްނުވާނެ ގޮތުގެމަތިން ހެދުމަށްފަހު އެ ގޮތުގެމަތިން ޢަމަލުކުރެވިދާނެއެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤު ކުރަމުންދާ މައްސަލަތަކުގައި ހިމެނޭ މާއްދީހެކި، ލިޔެކިޔުން އަދި އެހެނިހެން ތަކެތީގެ ތެރެއިން ހެކީގެގޮތުގައި ބެލެވޭ އެންމެހައި ތަކެއްޗާއި، އެއާގުޅޭ އެންމެހައި ލިޔެކިޔުންތައް ފުލުހުންގެ ބޭނުމަށް ވައިގެމަގުން އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި، ތިރީގައި ގިންތިކުރަންވާނެއެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުގައި ޕޮލިސް ކޮންސޯލްގެ ގޮތުގައި ވައިގެމަގުން އެއްތަނުން އަނެއްތަނަށް ފޮނުވާ އެންމެހައި ތަކެތި ބަންދުކުރުމުގައި ޢަމަލުކުރަންޖެހޭނެ ގޮތުގެ ތަފުސީލު ބަޔާންކުރާ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ (އެސް.އޯ.ޕީ) އެއް މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 15 ދުވަހުގެ ތެރޭގައި އެކުލަވާލަންވާނެއެވެ. އަދި އެ ތަކެތި ބަންދުކުރުމާ ގުޅޭ އެންމެހައި ކަންތައް ކުރުމުގައި ޢަމަލުކުރަންވާނީ އެ އެސް.އޯ.ޕީ އާ އެއްގޮތްވާގޮތުގެ މަތިން ކަމަށް ވަނީ ބުނެފައެވެ.

މީގެއިތުރުން ޕޮލިސް ކޮންސޯލް ފޮނުވުމަށް ހިނގާ ޚަރަދުތަކުގެ ތެރޭގައި ހިމެނޭ އެއަރލައިނަށް ދައްކަންޖެހޭ ކާރގޯ ފޮނުވުމުގެ ޚަރަދު އަދި އެއަރޕޯޓް ހިންގާ ފަރާތަށް ދައްކަންޖެހޭ ކާރގޯ ކްލިއަރ ކުރުމުގެ ޚަރަދުތައް ހަމަޖައްސާނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން، އެއަރލައިން އޮޕަރޭޓްކުރާ އިދާރާ އަދި އެއަރޕޯޓް ހިންގާ ފަރާތާއެކު އެއްބަސްވާ ގޮތެއްގެ މަތިން ކަމަށް ގަވާއިދުގައި ވަނީ ބުނެފައެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުގައި ޕޮލިސް ކޮންސޯލް ފޮނުވާ އެއަރލައިނެއްގެ ފަރާތުން ޑޭންޖަރަސް ގުޑްސްގެ ގޮތުގައި ކަނޑައަޅާފައިވާ އެއްވެސް ބާވަތެއްގެ އެއްޗެއް ޕޮލިސް ކޮންސޯލްގެ ގޮތުގައި ފޮނުވާނަމަ، އެފަދަ އެއްޗެއް ފޮނުވުމުގެ ކުރިން އެއަރލައިންގެ ފަރާތުން ހޯދަންޖެހޭ ހުއްދައެއްވާނަމަ، އެ ހުއްދައެއް ހޯދަންވާނެއެވެ. މިގޮތުން، ހުއްދަ ހޯދުމަށް އެދި ހުށަހަޅަންވާނީ ، އެކަމަށް ކަނޑައަޅާފައިވާ ފޯމަކުން ނުވަތަ ފޮނުވާ އެއަރލައިނަކުން ކަނޑައަޅާފައިވާ އުސޫލަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި މިފަދަ އެއްޗެއް ފޮނުވުމުގައި އެކަމަށް ޚާއްޞަ ކުރެވިފައިވާ އިތުރު ލިޔުމެއް ފުރިހަމަކުރަންޖެހޭނަމަ އެލިޔުމެއް ވެސް ފުރިހަމަކުރަންވާނެ ކަމަށް ގަވާއިދުގައި ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: