ފުލުހުންނަށް ހެދިގެން ގޮސް ފޭރުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތަށް ކޯޓު އަމުރެއްގެ ދަށުން އުމުރުން 42 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދަށް 15 ދުވަސް ޖަހާދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މިކަން ހިނާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މާލޭ މަޖީދީމަގު، ފަރިވާ ސްޓޭ އިންނެވެ.
އެގޮތުން އެތަނުގެ ތެރެއަށް ތިން މީހަކު ވަދެ ޕޮލިސް އިންޓެލިޖެންސުން ކަމަށް ބުނެ އެ ތަނުގެ ތިން މުވައްޒަފުން ކްލިޕް އަޅުވައި ބަނުމަށްފަހު އެތަނުން ބައެއް ތަކެތި ފޭރިގެން ގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

