ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަލީހު މަގާމުން ވަކިކުރުމަށް ހުށަހަޅައިފި!

މިނިސްޓަރ މަލީހު
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހު ޖަމާލު މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕަށް ހުށަހަޅައިފިއެވެ.

މަލީހު މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވަނީ، 10 މެންބަރުންގެ ސޮޔާއިއެކު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމެވެ.

މަލީހާއި ދެކޮޅަށް މެންބަރުން ފާހަގަކޮށްފައިވަނީ މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާ އަދާނުކުރެވޭ ކަންކަމެވެ. އެގޮތުން ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ގާނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް މަލީހުގެ ވަޒީރު ކަމުގައި ދެ އަހަރު ވީއިރުވެސް ހަދާފައިނުވުމާއި، އެ ގަވާއިދުތައް ހެދުމަށް މިނިސްޓްރީގެ ސިޔާސީ އަދި ސިވިލް މުވައްޒަފުން ކުރި މަސައްކަތަށް މިނިސްޓަރުގެ އެއްބާރުލުން ނުލިބުން ފާހަގަކޮށްފައިވެއެވެ.

އަދި އެ ގަވާއިދުތަކަކީ ރާއްޖެގެ ޓެލެކޮމް ސިނާއަތު ފުރިހަމައަށް ރެގިއުލޭޓްކޮށް ކޮންމެހެން މުހިންމު ގަވާއިތުތަކަށް ވާއިރުގައި، އެ ގަވާއިދުތައް ނުހެދި ލަސްވާ ކޮންމެ ދުވަހަކީ ރައްޔިތުންނަށް ގިނަ ގެއްލުންތަކެއް ވާނެކަމެއް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

އަދި މަލީހު މަގާމުން ވަކިކޮށް ދިނުމަށް ކެނޑި ނޭޅި ރައްޔިތުން އެދެމުންދާކަމަށްވެސް ހުށަހެޅި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

މަޖިިލީހުގެ އެމްޑީޕީގެ މެންބަރުން މަލީހާއި ދެކޮޅަށް ނިކުތީ، ސަރުކާރު ހިންގަންޖެހޭ ގޮތެއް މަޖިލީހަށް ނޭނގޭނެ ކަަށް ބުނެ މަޖިލީހަށް މަލީހު ފާޑުކިޔުމާއި ގުޅިގެންނެވެ. މަލީހު އެގޮތަށް ވިދާޅުވުމުން އެމްޑީޕީގެ މަޖިލިސް މެންބަރުމް ވަނީ މަލީހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ވަރަށް ގަދަ
73%ވަރަށް ގަދަ 7%ވަރަށް ގަޔާވޭ 7%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 13%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: