ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންނަށް ހެޔޮއެދޭ ބުއްދި ސަލާމާތުން ތިބި ބަޔަކު މި ބަޖެޓު ފާހެއް ނުކުރާނެ: މައިނޯރިޓީ ލީޑަރ

އިދިކޮޅު ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ސަލީމް: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނަށް ހެޔޮއެދޭ ބުއްދި ސަލާމާތުން ތިބި ބަޔަކު އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓު ފާހެއް ނުކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓާއި ގުޅޭގޮތުން ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓް އަނބުރާ ގެންގޮސް އެއަށް ވުރެ ހަރަދު ކުޑަ ބަޖެޓެއް އެކުލަވާލަންޖެހޭ ކަމަށެވެ.

ސަލީމް ވިދާޅުވީ މި ބަޖެޓާއި ގުޅޭގޮތުން މޮޅެތި ވާހަކަތަކެއް ދެއްކިދާނެ ކަމަށާއި ނަމަވެސް އެމްއެމްއޭގެ ގަވަރުނަރާއި، އޮޑިޓާ ޖެނެރަލާއި އަދި ތަންދޮރު ދަންނަ އެއްވެސް މީހަކު މިއީ ރަނގަޅު ބަޖެޓެއް ކަމަށް ނުދަންނަވާނެ ކަމަށެވެ.

މިއީ ދުނިޔޭގެ ތާރީހުގައިވެސް މިފަދަ އިޤްތިޞާދީ ބޮޑު އަދަވަޅެއްގައި ދުނިޔެ އޮތްވާ ފާސްކުރާ މިފަދަ ފުރަތަމަ ބަޖެޓްކަމަށާއި މި ބަޖެޓް ފާސްކޮށްދީފިނަމަ އެދެވެނީ މުޅި ޤައުމަށާއި ރައްޔިތުންނަށް ބޮޑު ދެރައެއްކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވެ ރާއްޖޭގެ އިގްތިސާދު ދަށްވުމުގެ ސަބަބުން ރައްޔިތުންގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ބަޖެޓް ކުރުން ރަނގަޅު ނުވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގެ 50 އިންސައްތައަށްވުރެ ބޮޑީ ދަރަންޏަށް ވާއިރު، ދަރަނިނިން ސަލާމަތްވާނެ އެއްވެސް ގޮތެއް ބަޖެޓުން ނުފެންނަކަމަށް ސަލީމް ވިދާޅުވިއެވެ. އަދި ބަޖެޓުގައި އިތުރަށްވެސް އޮތީ ސުކޫކާއި، ބޮންޑު ވިއްކައިގެން އާމްދަނީ ހޯދުންކަމަށްބުނާއިރު، އެއީވެސް އިތުރުކުރެވޭ ދަރަންޏެއްކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވި ގޮތުގައި 37 ބިލިޔަން ރުފިޔާގެ ދަރަނި ބަޖެޓެއް ފާސްކުރުމުގެ ބަދަލުގައި ހާލަތަށް ބަލައި 26 ބިލިޔަން ރުފިޔާއަށް ބަޖެޓް ތިރިކުރަން ޖެހެއެވެ.

”މިއީ ފައިސާގެ ހިސާބު ދަންނަ ބަޔަކު ކުރާނެ ކަމެއްނޫން މިއީ. މާދަމާވެސް ކަމެއް ދިމާވެދާނެ ކަމަށް ބަލާފަ ބަޖެޓް އެކުލަވާލަންވާނީ. ރާއްޖޭގެ ހާލަތަށް ބަލާފަ އަންނަ އަހަރު މެދު ތެރެއިން ސަޕްލިމަންޓްރީ ބަޖެޓޭއް ހުށަހަޅަންޖެހޭ. ހެޔޮވިސްނޭ، ހަމަ ބުއްދި ހުރި މީހަކު މިބަޖެޓަށް ތާއީދު ނުކުރާނެ. ގަވަރުނަރު، އޮޑިޓަ ޖެރަލްވެސް މިބަޖެޓަށް ތާއީދެއް ނުކުރޭ“ ސަލީމް

މީގެ އިތުރުން ސަލީމް ވިދާޅުވީ ސަރުކާރަށް ރަނގަޅަށް ފައިސާ މެނޭޖް ނުކުރެވޭ ކަމަށެވެ. އަދި ބަޖެޓަށް ބަލާލުމުން ވެސް އެ ކަން ފެންނަން އެބަ އޮތް ކަމަށާއި 20 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓްއެއް މިފަދަ ދަނޑިވަޅުގައި ފާސްކުރަން ތާއީދެއް ނުކުރެވޭ ކަމަށް ސަލީމް ވިދާޅުވިއެވެ.

ދައުލަތުގެ ބަޖެޓުގައި ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އަކީ ލިބޭ އެއްޗެއް ނޫން ކަމަށާއި އަދި އެއްވެސް އަހަރެއްގައި އެއީ ލިބޭ އެއްޗެއް ނޫން ކަމަށް ސަލީމް ވިދާޅުވި އެވެ. އަދި 2021 ވަނަ އަހަރުގެ ބަޖެޓް 20 ބިލިއަނަށް ޑެފިސިޓްވެގެން ދާނެ އެވެ.

ސަލީމް ވިދާޅުވީ މާލީ އިދާރާތަކުން ދެއްވާ ލަފާތަކަށް ސަރުކާރުން އިޖާބަ ނުދޭނަމަ ރާއްޖޭގެ ޑޮލަރުގެ އަގު އިންތިހާއަށް މައްޗަށް އަރައި ތަކެތީގެ އަގުވެސް ބޮޑުވެގެންދާނެކަމަށް ސަލީމް ވިދާޅުވިއެވެ.

”ވިސްނަން ޖެހޭ މިއީ ގަދަފައި ވިއްދާފައި މަޝްރޫޢު ހިންގަންވީ ވަގުތެއްނޫންކަން، މިކަމުގެ ނަތީޖާއަކަށްވާނީ ރައްޔިތުން ނިކަމެތިވުމުން، 26 ބިލިޔަނަށް މިބަޖެޓް ކަނޑައެޅުމަކީ މައްސަލައެއްނޫން، މި ބަޖެޓްގެ ފާސްކުމުން ޑޮލަރު 25 އިން 20 އަށް އަރައިގެން ދިއުމުގެ ފުރުސަތުބޮޑު ތަކެތީގެ އަގު އުފުލޭނެ، މިއީ ބުއްދި ސަލާމަތުން ތިބެގެން ފާސްކުރާ ވަރުގެ ބަޖެޓެއްނޫން. ރައްޔިތަކަށް އިތުރަށް ލިބޭއެއްޗެއް ނެތް“ ސަލީމް

އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓްގެ ގޮތުގައި މަޖިލީހަށް ހުށަހަޅާފަިއވަނީ 34,787,720,151 (ތިރީސް ހަތަރު ބިލިއަން ހަތް ސަތޭކަ އައްޑިހަ ހަތް މިލިއަން ހަތް ސަތޭކަ ވިހި ހާސް އެއް ސަތޭކަ ފަންސާސް އެއް ރުފިޔާ)ގެ ބަޖެޓެކެވެ. ބަޖެޓުގައިވާ ގޮތުގައި ދަރަނި ދެއްކުމާއި ބޭރުގެ މާލީ އިދާރާތަކަށް ދައްކާ ރައުސްމާލާ އެކު ބަޖެޓުގެ ޖުމްލަ އަކީ 34.79 ބިލިއަން ރުފިޔާއަށްވާއިރު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 17.79 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރުގެ ބަޖެޓްގައި ވެސް ހަރަދުގެ ބޮޑު ބައެއް ހޭދަވާނެ ކަމަށް ލަފާ ކޮށްފައި ވަނީ ރިކަރެންޓް ހަރަދަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: