ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ޖެހިގެން 3 ދުވަސް ތެރޭގައި 4 މަރު، ނުރައްކަލުގެ ރަނގަބީލެއް!

ކޮވިޑު 19 ގެ ހާލަތު ރާއްޖޭގައި އަނެއްކާވެސް ވަނީ ގޯސްވެފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގައި ރޭ އިތުރު ދިވެއްސަކު މަރުވެއްޖެއެެ.

އެޗްޕީއޭ އިން ބުނީ ރޭ މަރުވެފައިވަނީ އުމުރުން 72 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ އަކީ ބަލި ހާލަތު ގޯސްވެގެން އައިޖީއެމްއެޗްގެ އީއާރަށް ގެންދެވުނު މީހެއް ކަމަށާއި އެމީހާ ނިޔާވެފައިވަނީ މިރޭ 6:36 ހާއިރު ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެމީހާ ނިޔާވުމުން އޮންނަ އުސޫލުގެ ތެރެއިން ކޮވިޑަށް ޓެސްޓު ކުރި ކަމަށާއި އެގޮތުން ނަތީޖާ އިން އެމީހާ ބައްޔަށް ޕޮޒިޓިވް ކަމަށް ދައްކާފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

މިއީ ކޮވިޑްގައި ރާއްޖެއިން މަރުވި 45 ވަނަ މީހާ އެވެ. މިއީ ފާއިތުވި ތިން ދުވަހުގެ ތެރޭގައި މިބަލީގައި މަރުވި ހަތަރު ވަނަ މީހާއެވެ. އެހެންކަމުން މިބަލީގައި މަރުވެފައިވަނީ 37 ދިވެހިންނާއި 8 ބިދޭސީންނެވެ.

ފަހަކަށް އައިސް ކޮވިޑް-19 ގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު އެޗްޕީއޭއިން ބުނީ ބަލީގައި މަރުވާ މީހުންގެ ޢަދަދަކީ ސީދާ މުޖުތަމަޢުގައި ބަލީގެ ޙާލަތު އޮތް މިންވަރު ދައްކައިދޭކަމެއް ނޫންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: