ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓް އިސްތިއުފާ ދެއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޏ. ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓް މުލްހާ އަލީ، ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) ބުނީ މެޖިސްޓްރޭޓް މުލްހާ މަގާމުން އިސްތިއުފާ ދެއްވީ މަގާމުން ވަކިކުރުމުގެ މައްސަލައާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖެހިފައިވަނިކޮށް ކަމަށެވެ.

އެގޮތުން މެޖިސްޓްރޭޓް މުލްޙާ މައްޗަށް ޖޭއެސްސީން ތަހްޤީޤުކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި، ދިފާޢީ ވަކީލުންނާއެކު ވަކިން ބައްދަލުކުރުމާއި ގާތް ގުޅުން ބާއްވާކަމާއި، މައްސަލަތަކުގެ ދިފާޢީ ވަކީލުންގެ ގޮތުގައި ހިމެނޭ ވަކީލުން ގެއަށްގޮސް ބައްދަލުކުރާ މައްސަލަ ހިމެނެއެވެ.

އަދި 2019 އޮކްޓޫބަރު 19 ވަނަ ދުވަހު މުލްހާގެ ކޮއްކޮ ހައްޔަރުކުރި މައްސަލައިގައި ހެކި ނައްތާލައި ހެއްކަށް ނުފޫޛު ފޯރުވައި ތަޙްޤީޤަށް ހުރަސްއަޅައި ދަތިކުރުމަށްޓަކައި މުލްހާ ޢަމަލުކުރިކަމާއި، މުލްހާގެ ކޮއްކޮގެ ބަންދުގެ މަޖިލިސް ކުރިޔަށް ދިޔަ ދުވަހު ކޯޓުގެ މުވައްޒަފުންނަށް ގުޅައިގެން އޮންނަ އިޖްރާއަތާ ޚިލާފަށް އެމައްސަލައިގެ ލިޔުންތައް ހޯދުމަށް މަސައްކަތްކޮށްފައިވާކަން ތަޙްޤީޤަށް ސާބިތުވާ މައްސަލަ ވެސް ޖޭއެސްސީން ވަނީ ތަހުގީގުކޮށްފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: