ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯރަފުށީ އެއަރޕޯޓް ހުޅުވަނީ ބުރާސްފަތި ދުވަހު

ޝެއާރކޮށްލާ ކަހަލަދޯ؟

ހއ. ހޯރަފުށީގައި ގާއިމު ކުރި އެއަރޕޯޓް ހުޅުވުން ބުރާސްފަތު ދުވަހަށް ފަސްކޮށްފިއެވެ.

އެއަރޕޯޓް ހުޅުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މިއަދު ހޯރަފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވީ ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން، ރައީސްގެ ދަތުރުފުޅު ވަނީ ފަސްކޮށްފައެވެ.

އެ ރަށުގެ ފަޅުން ބައެއް ހިއްކައިގެން ގާއިމު ކުރި އެއަރޕޯޓްގެ ސަބަބުން ކައިރީގައި ހުރި ރިސޯޓުތަކަށް ގޮސް އައުމުގައިވެސް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

އެ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އެމްޓީސީސީންނެވެ.

އެ އެއާޕޯޓުގައި 37،425 އަކަ މީޓަރުގެ ރަންވޭއެއް ވަނީ އަޅައިފައެވެ. އަދި މަޝްރޫއުގެ ތެރެެއިން 8،635 މީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް އަޅާފައިވާއިރު، ޓާމިނަލްގެ ކުރިމަތީ ސަވިސް ރޯޑު ގާއިމްކޮށްފައި ވެއެވެ. އަދި ޕަސެންޖަ ޓަރމިނަލްއަކާއި ފަޔަރ ބިލްޑިން އިމާރާތެއް ވެސް ގާއިމްކޮށްފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: