ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންނަށް ހެދިގެން ފޭރުނު މައްސަލާގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޓެލިޖެންސް ފުލުހުން ކަމަށް ބުނެ ފަރިވާ ސްޓޭ ގެސްޓްހައުސްއަށް ވަދެ ފޭރުނު މައްސަލާގައި އިތުރު ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބިނީ މިމައްސަލައިގެ ތުހުމަތުގައި އިތުރު ދެމީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން މިހާދިސާ ހިނގި ދުވަހުގެ ފަހު ދުވަހު މިމައްސަލައާ ގުޅިގެން އެކަކު ވަނީ ހައްޔަރު ކޮށްފައެވެ.

މިކަން ހިނާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މާލޭ މަޖީދީމަގު، ފަރިވާ ސްޓޭ އިންނެވެ.

އެގޮތުން އެތަނުގެ ތެރެއަށް ތިން މީހަކު ވަދެ ޕޮލިސް އިންޓެލިޖެންސުން ކަމަށް ބުނެ އެ ތަނުގެ ތިން މުވައްޒަފުން ކްލިޕް އަޅުވައި ބަނުމަށްފަހު އެތަނުން ބައެއް ތަކެތި ފޭރިގެން ގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: