ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރު މިއޮތް ގޮތަށް ބަޖެޓަކަށް ވޯޓެއް ނުދެވޭނެ: ޣައްސާން

ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ޣައްސާން މައުމޫން
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު މިހާރު އޮތް ގޮތަށް ފާސްކުރަން ވޯޓު ނުދެއްވާނެ ކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ، ސަރުކާރުން ފޮނުވާފައިވާ ބަޖެޓަށް ވޯޓު ނުދެއްވާނެ ކަމަށް ސީދާ ވިދާޅުވެވެން ނެތަސް ރައްޔިތުންގެ ހާލަތު އިތުރަށް ގޯސްވާނެ ގޮތަށް ހުރި ކަންކަން ބަދަލުނުކޮށް މިހާރު އޮތް ގޮތަށް ބަޖެޓަށް ވޯޓު ނުދެއްވާނެ ކަމަށެވެ.

ޣައްސާން ވިދާޅުވީ ބަޖެޓަކީ ރައްޔިތުންގެ ހާލަތު ބަދަލުކުރަން ހުށަހަޅާ އެއްޗެއް ކަމަށެވެ. އަދި މިހާރުގެ ބަޖެޓުގައި ވަރަށް ބޮޑެތި ގޯސްތައް އެބަހުރި ކަމަށާއި މި ބަޖެޓުންވާނީ ގެއްލުން ކަމަށް ޣައްސާން ވިދާޅުވިއެވެ.

ބަޖެޓަށް ވަރަށް ބޮޑެތި އިސްލާހުތަކެއް ގެނެސް، ރިކަރަންޓް ޚަރަދުތަކާއި ޑެފިސިޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް ރައްޔިތުންނަށް ފައިދާވާ ގޮތަކަށް ސީދާ ރައްޔިތުންގެ އަތަށް ފައިސާ އަރާ ގޮތްތަކެއް ބަޖެޓުގައި ހިމަނަންޖެހޭ ކަމަށެވެ. އަދި އެފަދަ ގޮތަކަށް ބަޖެޓު އިސްލާކޮށް ފޮނުވައިފިނަމަ ވޯޓު ދެއްވާނެ ކަމަށް ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ މިދިއަ ދެއަހަރުގެ ބަޖެޓު ފާސްކުރަން ޕީޕީއެމް އަދި ޕީއެންސީގެ މެންބަރުން ވޯޓު ދެއްވި ކަމަށާއި ނަމަވެސް މިފަހަރު ގައުމު އޮތީ އެފަދަ ހާލަތެއްގައެއް ނޫން ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ ފިކުރާއި ވިސްނުމުގައި އިސްކަންދޭންވީ ކަންކަމާއި ނުދޭންވީ ކަންތައްތަކެއް ހުއްޓަސް ރައްޔިތުންނާއި ގުޅުން އޮތް ދައުލަތުގެ ބަޖެޓަކީ އެފަދަ ކަމެއް ނޫން ކަމަށެވެ.

ސަރުކާރުން ފާސްކުރާ ބަޖެޓަކުން އާންމުގޮތެއްގައި ގައުމަށް ފައިދާތަކެއް ވެދާނެ ކަމަށާއި އެކަމަކު މިހާލަތުގައި ކުރަންނުވާ ވަރުގެ ދަރަޖައަކަށް، ވަރަށް ބޮޑެތި ބޭކާރު ކަންތައްތަކަށް ޚަރަދުކުރެވޭ ގޮތަށް ބަޖެޓުގައި ހިމަނާފައި ކަމަށް ޣައްސާން ވިދާޅުވިއެވެ.

”މިހާލަތުގައި މިއޮތީ ކުރަންނުވާ ދަރަޖައަކަށް އަޅުގަނޑުމެންގެ ނަޒަރުގައި ކުރަންނުވާ ވަރަށް ބޮޑެތި ބޭކާރު ކަންތައްތަކެއް ހިމަނާފައި، އެބައި އެބަޖެހޭ ހުއްޓަން، ލަދުގަންނާކަށް ނުޖެހޭނެ 34 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަނޭޅުނަސް، 20 ބިލިއަންވެސް އޯކޭ އޭ، ﷲ އިރާދަ ކުރައްވައިގެން ކަންކަން ރަނގަޅުވެ، އަންނަ އަހަރު ސަޕްލިމަންޓްރީ ބަޖެޓެއްވެސް ހުށަހެޅިދާނެ“ ޣައްސާން

މީގެ އިތުރުން ޣައްސާން ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ، ނުކުރެވޭނެ ނުވަތަ ކުރަން ބައެއްގެ ހިތުގައިވެސް ނެތް ކަމެއް ބަޖެޓުގައި ޖަހައިގެން އުޅެނީ އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިން އިންތިޚާބަށް ޓާގެޓްކޮށްގެން، ވަރަށް ބޮޑު ކެމްޕޭނެއްގެ ގޮތުގައި ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

ޣައްސާން ވިދާޅުވީ އެގޮތަށް ޤަބޫލު ކުރައްވަނީ، ބަޖެޓު ފޮތުގައި ޖަހާފައިވާ ކަންތައްތައް ކުރެވިދާނެކަމާމެދު ސުވާލު އުފެދޭތީ ކަމަށެވެ. އަދި ކަމެއް ކުރެވޭނީވެސް އެކަމެއް ކުރުމަށް ފައިސާ ލިބިގެން ކަމަށާއި ކިތަންމެ ގިނަ ކަމެއް ބަޖެޓުފޮތުގައި އޮތަސް ފައިސާ ނުލިބި ޚަރަދު ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.

ބަޖެޓުގައި ހުރި ޚަރަދުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ ރައްޔިތުން ”ނިއު ނޯމަލް“ ގައި ދިރިއުޅެން ބުނެފައިވާ ސަރުކާރުން ފޮނުވާފައިވާ ބަޖެޓަކީ ނިއު ނޯމަލްއަށް ނުފެތޭ ކޮވިޑްގެ ކުރިންވެސް އޮތް އާންމު ހާލަތަށް ތައްޔާރުކޮށްފައިވާ ބަޖެޓެއް ކަމަށެވެ.

”ރައްޔިތުން އުޅެން މިޖެހެނީ ނިއު ނޯމަލްއެއްގައި، އެކަމަކު ބަޖެޓު މިއޮތީ އޯލްޑް ނޯމަލްގައި، ޚަރަދެއް ކުޑަކުރެވުނީއެއް ނޫން، އަންނަ އަހަރަށް ސިޔާސީ މަޤާމުތައްވަނީ އިތުރުކޮށްފައި، ފޮރިން މިނިސްޓްރީގެ ބަޖެޓުގައިވެސް ކެމްޕޭނަކަށް ޚަރަދު ކުރަން ފައިސާ ހިމަނާފައި އެބަވޭ، މީތޯ މި ދަނޑިވަޅުގައި މިކަންކުރަން އެންމެ ރަނގަޅު މަގަކީވެސް ވިސްނާލަންޖެހޭ“ ޣައްސާން

އަންނަ އަހަރުގެ ބަޖެޓާއި ގުޅޭގޮތުން ޣައްސާންގެ އިތުރުންވެސް، ބޮޑެތި މަޝްރޫއުތައް މި ވަގުތަށް މަޑުޖައްސާލައި، އާމްދަނީ އިތުރުވުމުން އެ މަޝްރޫއުތައް ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވަނީ ގޮވައިލައްވާފައެވެ. އަދި ބަޖެޓާ ބެހޭ ގޮތުން މަރުކަޒީ ބޭންކް އެމްއެމްއޭ އާއި އޮޑިޓާ ޖެނެރަލްގެ އޮފީހުން ދިން ލަފާގައި ވެސް ބާރު އަޅާފައި އޮތީ އެ ގޮތަށެވެ.

އެމްއެމްއޭގެ ގަވަނަރު އަލީ ހާޝިމް ބަޖެޓް ކޮމިޓީއަށް ހުށަހެޅުއްވި ކަރުދާހުގައި ވިދާޅުވީ، ބަޖެޓްގައި ޖަހާފައިވާ ބޮޑެތި މަޝްރޫއުތަކަށް ބޭރު ފައިސާ ގިނަ އަދަދަކަށް ހޯދަން ޖެހުމުން ރާއްޖޭގެ އެކްސްޗޭންޖް ރޭޓަށް އޭގެ ނުބައި އަސަރު ކުރާނެ ކަމަށެވެ. އެހެންވެ، ބޭރު ފައިސާ ހަމަޖެހުމުން ނޫނީ މަޝްރޫއުތައް ނުފަށަން ސަރުކާރަށް ބާރު އަޅަން މަޖިލީހުގައި ގަވަރުނަރު އެދިވަޑައިގަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: