ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރުޤްޔާގެ ނަމުގައި އާއިލާއަކަށް ގޯނާކުރި މައްސަލައިގައި 2 މީހަކު ހައްޔަރުކޮށްފި

ޖިންސީ ގޯނާ ކުރުމާއި ދެކޮޅަށް މާލޭގައި ކުރިޔަށް ގެންދިޔަ މުޒާހަރާތަކުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރުޤްޔާ ކުރުމުގެ ނަމުގައި އާއިލާއެއް ރަހީނުކޮށް، ޖިންސީ އަދި ޖިސްމާނީ ގޯނާކުރި މައްސަލައިގައި ތުހުމަތުވާ ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އުތުގެ ރަށެއްގައި އަންހެނަކާއި އޭނާގެ 3 ދަރިންނަށް ޖިސްމާނީ އަނިޔާކޮށް، އަންހެން މީހާއާއި އޭނާގެ ދަރިފުޅަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި މިހާތަނަށް 2 މީހަކު ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވާކަމަށެވެ.

މިމައްސަލާގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނަކާއި، 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.

39 އަހަރުގެ މީހާ ހައްޔަރު ކޮށްފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގެ 10:30 ގައެވެ. އަދި 24 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މިއަދުގެ ހެދުނުގެ 9:51 ގައެވެ.

މިފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަ ތަކަކށް ވުމާއިއެކު، ރައްޔިތުން މިފަދަ މައްސަކަތަކށް ސަމާލުވެ ތިބުމަށް ފުލުހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: