ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާ ކައުންސިލް އިންތިހާބު އަންނަ ހޮނިހިރު ދުވަހު

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިންތިޚާބު އަންނަ ހޮނިހިރު ދުވަހު ބާ ޖަމާލުއްދީނުގައި ބޭއްވުމަށް ހޯމް މިނިސްޓްރީން ނިންމައިފިއެވެ.

ހޯމް މިނިސްޓްރީން ބުނީ މީޑިއާ ކައުންސިލުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ދަށުން އިންތިހާބުކޮށްފައިވާ މީޑިއާ ކައުންސިލްގެ ފަސް ވަނަ ދައުރު، އަންނަ މަހުގެ 11 އަށް ހަމަވާ ކަމަށެވެ.

އެ ކައުންސިލަށް އަލުން މެންބަރުން އިންތިހާބުކުރުމަށް ބާއްވާ އިންތިހާބު، އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ހެނދުނު 11:00 އިން 12:00 ޖަމާލުއްދީން ސްކޫލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުނެ އެވެ.

މީޑިއާ ކައުންސިލަށް 28 ފަރާތަކުން ކުރިމަތިލާފައިވެ އެވެ.

އިންތިހާބުގައި މީޑިއާ ކައުންސިލްގެ މީޑިއާގެ މެންބަރުކަމަށް 14 ފަރާތަކުން ކުރިމަތިލާފައި ވާއިރު، މީޑިއާ ކައުންސިލްގެ އާންމުންގެ މެންބަރުކަމުގެ މަގާމަށްވެސް 14 ފަރާތަކުން ވަނީ ކުރިމަތިލާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: