ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫ ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އެކަކު މަރުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ތިނަދޫ ފަޅުގައި އޮތް ދޯންޏެއްގައި ގޭސްފުޅިއެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހަކަށް ފަރުވާދެމުން ދަނިކޮށް މިއަދު މަރުވެއްޖެއެވެ.

މިމަހުގެ 23 ވަނަ ދުވަހުގެ ރޭ ތިނަދޫ ”ރާސްތާ“ ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި ހަތަރު މީހަކު ވަނީ ފިހިފައެވެ. އޭގެ ތެރެއިން މިއަދު ނިޔާވި މީހާއަކީ އިތުރު ފަރުވާއަށް މާލެ ގެންދިޔަ މީހެކެވެ.

އެމީހާއަށް ފަރުވާދެމުން ދިޔައީ އައިޖީއެމްއެޗް ހޮސްޕިޓަލްގެ އައިސީޔޫގައި ބާއްވައިގެންނެވެ.

މިހާދިސާގައި ފިހުނު 4 މީހުންނަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައެވެ. އަދި ސީރިއަސްވީ ދެމީހަކު ވަނީ އިތުރު ފަރުވާއަށް މާލެ ފޮނުވާލާފައެވެ.

އެމްއެންޑީއެފްއިން ބުނީ ރާސްތާ ދޯނީގައި ރޯވީ ގޭސްފުޅިއެއް ގޮވައިގެން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: