ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤައުމީ ގުރުއާން މުބާރާތުގައި ބައިވެރިވާން 3055 ފަރާތަކުން ފޯމު ހުށަހަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތުގައި ބައިވެރިވުމަށް މިހާތަނަށް 3055 ފަރާތަކުން ފޯމް ހުށަހަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި މުބާރާތުގެ އޮޑިޝަން ބުރު މިހާރު ވަނީ ނިމިފައެވެ. ދެން ކުރިއަށްދާނީ ފައިނަލް ބުރު ކަމަށްވާއިރު، ފައިނަލް ބުރު ކުރިއަށްދާނީ މި މަހުގެ 13 ވަނަ ދުވަހުގެ 08:00 އިން މި މަހުގެ 17 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.

8 ޢުމުރުފުރާ އަކަށް ބަހާލައިގެން ގެންދާ މި ވާރޗުއަލް ޤުރުއާން މުބާރާތުގައި މި ޢުމުރު ފުރާގެ ތެރޭގައި ހިމެނޭ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ބައިވެރިވެވޭ ގޮތަށްވަނީ ހަމަޖެހިފައެވެ.

މުބާރާތުގައި ރަޖިސްޓްރީވުމާއި ވީޑިޔޯ އަޕްލޯޑް ކުރުން ކުރިއަށްދާނީ މި މުބާރާތަށް ޚާއްސަކުރެވިފައިވާ ޕޯޓަލް https://portal.nchq.gov.mv އިންނެވެ.

ކިޔެވުމުގެ ރެކޯޑިން ހުށަހަޅަން ދަތިވާ ބައިވެރިންނަށް 7321728 ވައިބަރ ނަންބަރަށް ވީޑިއޯ ފޮނުވުމުގެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް މިނިސްޓްރީންވަނީ މިދިޔަ ހަފްތާގެ ތެރޭގައި ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: