ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަކާތުގެ ފައިސާ ހިތުހުރި ގޮތަކަށް ނުބަހަން: ޑރ ޒާހިރު

އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޒަކާތު ފައިސާ ހިތުހުރި ގޮތަކަށް ބަހާފައި ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ،

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ލިޔުމުން ޖަވާބު ހޯދުމަށް ކުރެއްވި ސުވާލުގައި ވަނީ ޒަކާތުގެ ފައިސާ އިސްލާމް ދީނުގައި އަށް ބަޔަކަށް ބެހުމަށް ކަނޑައެޅިފައިވީ ނަމަވެސް އެފައިސާ ހިތުހުރި ގޮތަކަށް ބައިބަޔަށް އެކި ނަން ނަމުގައި ޒަކާތުގެ ފަންޑުން ހަރަދުތައް ކޮށްފައިވާ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންކަމުން ހަރަދުކުރުމަށް ބަހާފައި ހުންނަ ބައިތައް ސާފުކުރުމަށް އިބްރާހިމް ރަޝީދު އެދިވަޑައިގެންފައިވެއެވެ.

ސުވާލުގެ ޖަވާބުގައި ޑރ ޒާހިރު ވިދާޅުވީ ޒަކާތު ފަންޑުން ހަރަދު ކުރަނީ ޒަކާތުން ޝަރުއީ ގޮތުން ހަރަދުކުރުމަށް ކަނޑައަޅާފައިވާ އަށް ބަޔަކަށް ކަމަށެވެ. އަދި އެ އަށް ބަޔަކީ ފަގީރުންނާއި މިސްކީނުންނާއި އާލިމުންނާއި އިބުނު ސަބީލް އާއި އަޅު މިނިވަންކުރުމާއި މުއައްލަފަތު އަލޫބުހުމް އާއި ދަރަނިވެރިންގެ އިތުރުން ފީ ސަބީލިއްލާހި ކަމަށް މިނިސްޓަރު ވަނީ ވިދާާޅުވެފައެވެ.

އެ ޖަވާބާއި ގުޅިގެން އިބްރާހިމް ރަޝީދު އިތުރަށް ވިދާޅުވީ ދީނުގައި ޒަކާތް ބަހަން އޮންނަ ގޮތް އޭނާއަށް ވެސް އެނގި ވަޑައިގަންނަވާ ކަމަށެވެ. އަދި ގުރުއާނުން އެކަން ސާފުކޮށް އެނގެން އޮތް ކަމަށާއި އެހެން ނަމަވެސް އެ ފައިސާ ބަހަނީ އެހެން ގޮތަކަށް ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

އިވްރާހިމް ރަޝީދު ވިދާޅުވީ ހައްޖުގެ އަޅުކަމުގައި ވެސް ފައިސާ ދައްކަނީ 69،000 ނުވަތަ 70،000 ރުފިޔާ ކަމަށެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީން ބައެއް މީހުންނަށް ބޮލަކަށް އެއްލައްކަ ރުފިޔާ ހަރަދުކޮށްފައި ހުރި އިރު 400 މީހުން ހައްޖަށް ދިޔައިރުގައި އެވަރު ހޭދަކުރުމުން އެއީ އިސްރާފެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: