ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2021ގައި ޒަކާތު ފަންޑުން ކިޔަވައިދިނުމަށް 11 މިލިއަން!

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

2021 ވަނަ އަހަރުގެ ތެރޭގައި ޒަކާތު ފަންޑުން ކިޔަވައިދުނުމަށްޓަކައި 11 މިލިއަން ރުފިޔާ ހަރަދުކުރިކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ޒަކާތު ފަންޑުން ކިޔަވައިދިނުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާޙިމް ރަޝީދު ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގައި ޑރ ޒާހިރު ވިދާޅުވީ، ޒަކާތު ފަންޑުން ކިޔަވާ ދަރިވަރުންނަށް ހަރަދުކުރުމަށް ކަނޑައަޅާ ފައިސާގެ ތެރެއިން ސްޓައިޕެންޑުގެ ގޮތުގައި ދޭ ފައިސާ ޖަމާކުރަނީ އެ ދަރިވަރެއްގެ އެކައުންޓަށްކަމަށާއި، ކޮލެޖު ފީ ޖަމާކުރަނީ ކޮލެޖުގެ އެކައުންޓަށްކަމަށްވެސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ކޮލެޖުން އެކަމަށް ބޭނުންވާ އިންވޮއިސް ހުށައެޅުމުން ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން ކޮލެގު އެކައުންޓަކަށް ފައިސާ ޖަމާކުރެވިގެންދާނެކަމަށެވެ.

ޑރ ޒާހިރުވަނީ ޒަކާތު ފަންޑުން ކޮށްފައިވާ ބައެއް ހަރަދުތައް ތަފްސީލުކޮށްދެއްވާފައެވެ. އެގޮތުން 2020 ވަނަ އަހަރުގެ ތެރޭގައި 13 ދަރިވަރަކަށް 508،242 ރުފިޔާ ހަރަދުކޮށްފައިވާކަމަށާއި 2021 ވަނަ އަހަރު 180 ދަރިވަރަކަށް 11 މިލިއަނަށްވުރެ އިތުރު އަދަދެއް ހަރަދުކުރެއްވިކަމަށް ހާމަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ޒަކާތު ފަންޑުން ހަރަދުކުރަމުންދަނީ މަތީ ތައުލީމަށް އެހީދިނުމުގެ ގޮތުން ހެދިފައިވާ އުސޫލުގެ ތެރެއިންކަމަށެވެ. އަދި އެކަން ކުރަމުންދަނީ އާންމުކޮށް ހުޅުވާލައި އިއުލާނުކޮށްގެންކަމަށާއި އެ ފަންޑުން ހަރަދުކުރަމުންދަނީ ޒަކާތުގެ ބެހެނިވެރިންގެ ތެރޭގައި ހިމެނޭ ފީސަބީލިއްލާހި ބައިގެ ދިވެހި އުންމަތް ވަރުގަދަކުރުމަށްޓަކައި ޝަރުއީ ގޮތުން އެ ދާއިރާއަކުން ތަމްރީނުކުރުމަށް ކޮންމެހެން ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމަށް ދެވޭ އެހީގެ ތެރެއިންކަމަށްވެސް ވިދާޅުވިއެވެ.

ޑރ ޒާހިރު ވިދާޅުވީ، ޒަކާތު ފަންޑުން ދީނީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި 2019 ވަނަ އަހަރުގެ ތެރޭގައި އަތޮޅު ތެރޭގައި ރައްޔިތުންނަށް ދީނީ ނަސޭހަތްދިނުމަށްޓަކައި 778،436 ރުފިޔާ ހަރަދުކުރެއްވިކަމަށާއި، 2020 ވަނަ އަހަރުގެ ތެރޭގައި އެ މަސައްކަތްތަކަށް 45،388 ހަރަދުކުރެއްވިކަަމަށެވެ. އަދި 2021 ވަނަ އަހަރުގެ ތެރޭގައި 830،303 ރުފިޔާ ހަރަދުކުރެއްވިކަމަށްވެސް ފާހަގަކުރެއްވިއެވެ.

އޯގާކޭމްޕުގެ ނަމުގައި އަތޮޅު ތެރޭގައި 2019 ވަނަ އަހަރުގެ ތެރޭގައި ހިންގި ހަރަކާތަކަށް 84،400 ރުފިޔާވެސް ހަރަދުކުރެއްވިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޑރ ޒާހިރު ވިދާޅުވީ، 2020 ވަނަ އަހަރު އެ ކޭމްޕުގެ މަސައްކަތްތައް ކުރިއަށް ނުގެންދެވި ނަމަވެސް 2021 ވަނަ އަހަރުގެ ތެރޭގައި 38،758 ރުފިޔާ ހަރަދުކުރެއްވިކަމަށެވެ.

ދީނީ ފޮތްތައް ޗާޕުކުރުމުގެ ގޮތުން 2019 ވަނަ އަހަރުގެ ތެރޭގައި 75،880 ރުފިޔާ ހަރަދުކުރެއްވިކަމަށާއި 2020 ވަނަ އަހަރުގެ ތެރޭގައި އެ މަސައްކަތްތައް ކުރެއްވުމަށްޓަކައި 139،495 ރުފިޔާ ހަރަދުކުރެއްވިކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި 2021 ވަނަ އަހަރުގެ ތެރޭގައި އެ މަސައްކަތްތައް ކުރެއްވުމަށް 272،096 ރުފިޔާ ހަރަދުކުރެއްވިކަަމަށް ވިދާޅުވިއެވެ.

ޑރ ޒާހިރު ވިދާޅުވީ، ވޯކް ޝޮޕެއް ބޭއްވުމަށްޓަކައި 2019 ވަނަ އަހަރުގެ ތެރޭގައި 2،259،542 ރުފިޔާ ހަރަދުކުރެއްވިކަަމށެވެ. އަދި 2020 ވަނަ އަހަރުގެ ތެރޭގައި 94،954 ރުފިޔާ ހަރަދުކުރެއްވިކަމަށާއި 2021 893،496 ރުފިޔާ ހަރަދުކުރެއްވިކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، 2019 ވަނަ އަހަރުގެ ތެރޭގައި އިސްލާމިކް ސްޓޫޑިއޯ މުއައްޒިފުންނާއި ކޮންޓްރެކްޓު ކޮށްފައިވާ މީހުންގެ މުސާރައިގެ ގޮތުގައި 1،606،789.45 ލާރި ހަރަދުކުރެއްވިކަަމަށެވެ. އަދި 2020 ވަނަ އަހަރު އެ މަސައްކަތްތަކަށް 997،356 ހަރަދުކުރެއްވިއިރު، 2021 ވަނަ އަހަރުގެ ތެރޭގައި 2.2 މިލިއަން ރުފިޔާ ހަރަދުކުރެއްވިކަމަށެވެ.

ރާއްޖެއަށް ބޭރުގެ އިލްމުވެރިން ގެނައުމުގެ ގޮތުން 2019 ވަނަ އަހަރުގެ ތެރޭގައި 269،326 ރުފިޔާ ހަރަދުވިކަމަށާއި ރަމަޟާން މަހުގެ ތެރޭގައި އިހްޔާ ޕްރޮގްރާމް ބޭއްވުމުގެ ގޮތުންވެސް ހަރަދުތަކެއް ކުރެއްވިކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: