ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަކާތުފަންޑުގެ އެހީގައި ބޭސްފަރުވާގެ އެހީ ދެނީ ފުދުންތެރިކަން ނެތްމީހުންނަށް އެ ފަންޑުން އެހީދިނުމުގެ އުސޫލުގެ ދަށުން: ޑރ އަހްމަދު ޒާހިރު

އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭސްފަރުވާ އަށް ދާން ބޭނުންވާ ފަރާތްތަކުން ޒަކާތު ފަންޑުން ފަރުވާ ކުރުމަށް އެހީ ދެވެނީ ފުދުންތެރިކަން ނެތް މީހުންނަށް ޒަކާތު ފަންޑުން އެހީ ދިނުމުގެ އުސޫލުގެ ދަށުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ،

ބޭސްފަރުވާއަށް ދާން ބޭނުންވާ ފަރާތްތަކަށް ޒަކާތު ފަންޑުން އެހީވާ ކަމަށާއި އެކަން ހިންގަމުންދާ އުސޫލާއި  އެކަމަށް ވޭތުވެދިޔަ ތިން އަހަރު ހިނގި ހަރަދުގެ ތަފްސީލާއި ބެހޭ ގޮތުން އިސްލާމިކް މިނިސްޓަރާއި ލިއުމުން ޖަވާބު ހޯދުމަށް އިބްރާހިމް ރަޝީދު ވަނީ ސުވާލުކުރައްވާފައެވެ.

ޑރ ޒާހިރު ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ހިނގާފައިވާ ތަފްސީލް ތައް ހިއްސާ ކުރަމުން ޑރ ޒާހިރު ވިދާޅުވީ 2019 ވަނަ އަހަރު 22 މިލިއަން ފަސްލައްކަ ހަތްދިހައަށް ހާސް އަށްސަތޭކަ ތިރީސް ފަސް ރުފިޔާ ހަތްދިހަ އަށްލާރި ހަރަދުވެފައިވާ ކަމަށެވެ.  އަދި  2020 ވަނަ އަހަރު 6 މިލިއަން 3 ލައްކަ ތިރީސްފަސް ހާސް ތިންސަތޭކަ ތިރީސް ހަތް ރުފިޔާ ހަރަދުވެފައިވާ ކަމަށާއި 2021 ވަނަ އަހަރު 7 މިލިއަން ތޭވީސް ހާސް ހަތަރުސަތޭކަ ނުވަދިހަ ހަތަރު ރުފިޔާ ހަރަދުވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: