ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރު 1،500 ހައްޖު ކޯޓާ ދިނުމަށް ރާއްޖެއިން ސައުދީ ސަރުކާރުގައި އެދިފި

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރަށް ރާއްޖެއަށް ދިން ހައްޖު ކޯޓާ އިތުރުކުރުމަށް ރާއްޖޭގެ ސަރުކާރުން ސައުދީ ސަރުކާރުގައި އެދިފިއެވެ.

މިކަމާއި ގުޅޭ މައުލޫމާތުދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު އަލީ ވިދާޅުވީ ކޮންމެ އަހަރަކު ހައްޖު ކޯޓާގެ ގޮތުގައި ރާއްޖެއަށް ލިބޭ 1000 ކޯޓާ އިތުރުކުރުމަށްޓަކައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ގެންދަވަނީ މަސައްކަތްކުރައްވަމުންކަމަށެވެ. އެގޮތުން އިތުރު 1،500 ކޯޓާ ދިނުމަށް ސައުދީ ސަރުކާރުގައި ރައީސް ސާލިހު އެދިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ 1،000 ކޯޓާއަށްވުރެ އިތުރަށް ރާއްޖެއަށް ހައްޖު ކޯޓާ ލިބުމުގެ އުއްމީދު ވަރަށް ބޮޑުކަމަށެވެ. އަދި އެހެން އަހަރުތަކުގައިވެސް ހައްޖު ކޯޓާ އިތުރުކޮށްދީފައިވާކަން ފާހަގަކުރެއްވިއެވެ.

ހައްޖަށް މީހުން ގެންދިއުމަށް ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި މިނިސްޓްރީއިން ހުޅުވާލާފައިވާއިރު، މިކަމަށް ޝައުގުވެރިވާ ގުރޫޕުތައް އިވެލުއޭޓުކުރުމުގެ މަސައްކަތް މިނިސްޓްރީގެ ފަރާތުން ވަރަށް ބުރަކޮށް ކުރަމުންދާކަމަށާއި، މަސައްކަތްކުރަމުން ދަނީ ރޯދަ މަހުގެ ކުރިން މި މަސައްކަތް ނިންމުމަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: