ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވޭނެ ތާރީހެއް ބުނަން ނޭނގޭ: އިސްލާމިކް މިނިސްޓަރ

ސަލްމާން މިސްކިތް: މިސްކިތް ރަސްމީކޮށް ހުޅުވާނެ ތާރީހެއް އަދިވެސް ނެނގޭ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސައުދީ ސަރުކާރުގެ އެހީގެ ދަށުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އިމާރާތް ކުރި ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވޭނެ ތާރީހެއް ބުނަން ނޭނގޭކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން ސަރުކާރުގެ މެގަ ޕްރޮޖެކްޓެއްގެ ގޮތުގައި ކިންގް ސަލްމާން މިސްކިތް ޖުމްލަ 24.94 މިލިއަން ޑޮލަރަށް ހަވާލުކޮށް ކުރިޔަށް ގެންގޮސްފައިވަނީ ތުރުކީގެ ޓާމެކްސް ކުންފުންޏާއި ހަވާލުކޮށްގެންނެވެ. ސަލްމާން ރަސްގެފާނުގެ ހަދިޔާއެއްގެ ގޮތުގައި 41500 އަކަފޫޓުގެ ޖާގައަކާ އެކު ބިނާކުރާ މިސްކިތުގައި ފަސް ފަންގިފިލާ ހިމެނެއެވެ.

ސަލްމާން މިސްކިތް ރަސްމީކޮށް ނުހުޅުވޭ ސަބަބަކީ ކޮބައިތޯ އާއި، މިސްކިތުގައި ނުނިމި ހުރި އެއްވެސް މަސައްކަތެއް އެބަހުރި ތޯ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ ކޮވިޑު-19 ގެ ބަލިމަޑުކަން ދިމާވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އިސްލާމިކް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ ދެމެދު ދިޔައީ މަޝްވަރާ ކުރަމުން ކަމަށެވެ.

އެއާއި އެކު މިސްކިތް ހުޅުވުމަށްޓަކައި ސައުދީން ރާއްޖެއަށް ޓީމެއް އައިސް، ވަރަށް ގިނަ ތައްޔާރީތަކެއް ވެވުނުކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ ސަލްމާން މިސްކިތް ހުޅުވާނެ ދުވަހެއް ކަނޑައަޅައި އެކަން މިނިސްޓްރީއަށް އަންގާނެކަމަށް ބުނީ އެ ގައުމުގެ ޓީމުން ކަމަށެވެ.

”ސައުދީގެ އިސްލާމިކް މިނިސްޓްރީގެ ބޭފުޅުން ވެސް ރާއްޖެ ވަޑައިގެން، ހުޅުވުމާއި ގުޅޭގޮތުން ވަރަށް ބޮޑަށް މަޝްވަރާކޮށް.. ހުޅުވުމަށްޓަކައި ވަރަށް ބޮޑު ތައްޔާރީތަކެއް ވެފަ އޮތީ.. ދެން އެހަ ހިސާބުން އޭގެ ފަހުން ދުވަހެއް ކަނޑައަޅުއްވާފައި މިނިސްޓްރީއަށް.. ދުވަހެއް އަންގާނެކަމަށް އެބޭފުޅުން ވިދާޅުވީ ސައުދީގެ ދިވާނުން މަލިކީއަށް ހުށަހަޅުއްވައި ޑޭޓެއް ލިބުނީމައި އެކަން އަންގާނެކަމަށް ވިދާޅުވެ ވަޑައިގަތީ.. އެކަމަކު އަދިވެސް އެއްވެސް ޑޭޓެއް ނުލިބޭ ކޮންއިރަކުން ކަން ހުޅުވޭނީ… އެއީ މިހާހިސާބަށް އަޅުގަނޑުމެންނަށް ލިބިފައި އޮތް މައުލޫމާތަކީ“ އިސްލާމިކް މިނިސްޓަރ

މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް ސައުދީގެ އިސްލާމިކް މިނިސްޓްރީން އައި ޓީމުން ބައްދަލުވުންތައް ބޭއްވުމަށް ފަހު ވަކި ތާރީހެއް ކަނޑައަޅައި އެކަން އަންގާނެކަމަށް ބުނި ނަމަވެސް މިހާތަނަށް އެއްވެސް މައުލޫމާތެއް ލިބިފައި ނުވާކަމަށެވެ.

މިސްކިތުގެ މަސައްކަތްތައް އެއްކޮށް ނިންމައި 2019 ގައި އޭރު ތަން އެއްކޮށް ނޫސްވެރިންނަށް ދައްކާލާފައި ވެއެވެ. އަދި ސަލްމާން މިސްކިތުގައި ނަމާދު ކުރަން ފެށި ނަމަވެސް، މިސްކިތުގައި ހުރި އެހެން ފްލޯތައް އަދި ބޭނުން ކުރަން ފަށާފައި ނުވެ އެވެ.

މީގެ ކުރިން މިނިސްޓްރީން ބުނަމުން އައީ މިސްކިތް ރަސްމީކޮށް ނުހުޅުވި ވަނީ، ސައުދީގެ ވަފުދު ރާއްޖެ އައުމުގައި ދަތިތަކެއް ހުރުމުން ކަމަށެވެ.

ތަފާތު އެކި ތާރީހުތައް ދިނުމަށް ފަހު، މިސްކިތް އެންމެ ފަހުން ބޭނުން ކުރަން ފެށީ މިދިޔަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ހުކުރުގަ އެވެ. އަދި މިސްކިތް ރަސްމީކޮށް ނުހުޅުވި، މި އަހަރުގެ ރޯދަ މަސް ފެށޭއިރު މިސްކިތުގެ ބޯޑު ވެސް އަދި ފެންނަ ގޮތަށް ނަގާފައި ނުވާކަން ފާހަގަ ކުރެވެ އެވެ.

މިފަހުން ސަލްމާން މިސްކިތުގެ އޭސީތަކުގައި މައްސަލަ ޖެހި، އަދިވެސް އެ މައްސަލަ އެއްކޮށް ހައްލެއް ނުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: