ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަވައިދާ ހިލާފަށް ރުއްގަސް އުފުރި މައްސަލާގައި މަނަދޫ ކައުންސިލް ޖޫރިމަނާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޤަވާޢިދާ ޚިލާފަށް ރުއްގަސް އުފުރި މައްސަލާގައި ނ. މަނަދޫ ކައުންސިލު ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ(އީޕީއޭ)އިން ބުނީ މަނަދޫގެ އަލަށް ދޫކޮށްފައިވާ ގޯތިތަކުން ޤަވާއިދާއި ޚިލާފަށް ގިނަ އަދަދެއްގެ ރުއްގަސް ކެނޑުމާއި އުފުރުމާއި ގުޅިގެން، ތިމާވެށިރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދާ އެއްގޮތަށް ފުރިހަމަކުރަންޖެހޭ އިދާރީ ކަންކަން ފުރިހަމަކޮށްފައި ނުވާ ކަމަށެވެ.

އެހެންކަމުން އެ ކައުންސިލް 20،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށް އީޕީއޭ އިން ބުނެއެވެ.

އަދި މިޖޫރިމަނާ ފައިސާ 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ދެއްކުމަށް މަނަދޫ ކައުންސިލަށް އަންގާފައިވާނެ ކަމަށް އީޕީއޭ އިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: